ރާއްޖެއައި އެމިރޭޓްސް ފްލައިޓެއް ކުއްލި ހާމަތުގައި މުމްބާއީއަށް ޖައްސައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 37ސ
ރާއްޖެއައި އެމިރޭޓްސް ފްލައިޓެއް ކުއްލި ހާމަތުގައި މުމްބާއީއަށް ޖައްސައިފި
309 މީހުން ގޮވައިގެން ދުބާއީ އިން ރާއްޖެ އައި އެމިރޭޓްސް ފްލައިޓް އީކޭ 652 އިއްޔެ ކުއްލި ހާލަތުގައި މުމްބާއީއަށް ޖައްސާފައިވާކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ފްލައިޓް މުމްބާއީއަށް ޖެއްސީ ކޮކްޕިޓުންނާއި ކެބިން އިން ދުމުގެ އަސަރު ފެނުމުންނެވެ. މިފަދަ ހާލަތުގައި ޖައްސާތީ އެއާޕޯޓާއި ކޯސްޓް ގާޑް ކުއްލި ޙާލަތަށް ގެންދިއަ ކަމަށްވެސް ޚަބަރުގައިވެއެވެ.

އެއްވެސް އާދައާއި ޚިލާފް ކަމެއް ނުހިނގާ ކަމަށާއި ފަސިންޖަރުން ސަލާމަތުން ފްލައިޓުން ބޭލުނު ކަމަށްވެސް ޚަބަރުގައި ވެއެވެ.

އެމިރޭޓްސް ފްލައިޓުތަކަކީ ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު ފްލައިޓްތަކުގެތެރޭގައި ހިމެނޭ ފްލައިޓެކެވެ.
މިއަދު އޮންލައިން