ގެރިމަސް އުފުލާކަމަށް ބުނެ ބަފަލޯ މަސް އުފުލި މުސްލިމް 2 އަންހެނުންނަށް އަނިޔާކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
ގެރިމަސް އުފުލާކަމަށް ބުނެ ބަފަލޯ މަސް އުފުލި މުސްލިމް 2 އަންހެނުންނަށް އަނިޔާކޮށްފި
ގެރިމަސް އުފުލާކަމަށް ބުނެ ބަފަލޯ މަސް އުފުލި މުސްލިމް 2 އަންހެނުންނަށް ވަރަށް ބޮޑަށް އަނިޔާކޮށްފިއެވެ.

މެދުތެރޭ އިންޑިއާގެ ރެއިލްވޭ ސްޓޭޝަނަކަށް ދެ އަންހެނުން ދިއައީ އެ ސަރަހައްދުން ބަފަލޯ މަސް ގަނަގެން އެމީހުންގެ އަވަށަށް ގެންދިއުމަށެވެ.

މަންޒަރު ބަލަންތިބި ހިންދީން ބެލީ އެމީހުން އުފުލަނީ ކޮން މަހެއް ކަމެއް ނޫނެވެ. ދެ އަންހެނުންނަކީ މުސްލިމުންކަމަށްވުމުން އުފުލަނީ ގެރިމަސް ކަމަށް ކަނޑައަޅައި ތަޅައިގަތީ އެވެ.

ކައިރީގައިތިބި ގިނަ ބައެއްގެ އެހީގައި ދެ އަންހެނުން ސަލާމަތް ކުރެވުނު ދެ އަންހެނުންނަށްވެސް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ.

ފުލުހުންގެ ބެލުމުގެދަށަށް މަސްތައް ގެންގޮސް ޓެސްޓްކުރުމުން އެމީހުން ގެންދިއައީ ބަފަލޯ މަސްކަން ޔަޤީން ކުރެވުމުން މިހާރު ބުނަނީ 2 އަންހެނުންގެ މައްޗަށް ކުރާނެ ދައުވާއަކީ ހުއްދަ ނުނަގައި މަސްގަނެގެން ގެންދިއަ ކަމުގެ ދައުވާ ކަމަށެވެ.
މިއަދު އޮންލައިން