އަހަރެން ޤްރްއާން "ކިޔަން" ފެށީ ޓެރަރިޒަމާބެހޭ ކަންކަން އޮޅުންފިލުވަން- ނިމުނީ އިސްލާމްވެގެން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
އަހަރެން ޤްރްއާން "ކިޔަން" ފެށީ ޓެރަރިޒަމާބެހޭ ކަންކަން އޮޅުންފިލުވަން- ނިމުނީ އިސްލާމްވެގެން
އޭނާ ކީރިތި ޤްރްއާން "ކިޔަން ފެށީ ޓެރަރިޒަމާއިބެހޭ ގޮތުން ކަންކަން އޮޅުން ފިލުވަން ކަމަށާއި ނަމަވެސް ނިމުނީ އޭނާ އިސްލާމް ވެގެން ކަމަށް އަލަށް އިސްލާމް ދީން ޤަބޫލުކުރި މުސްލިމް އަންހެނަކު ބުނެފިއެވެ.

އޭނާ ވަނީ މުސްލިމުންގެ ކިބައިން މަޢާފަށްވެސް އެދިފައެވެ.

ބައެއް ނޫސްތަކަށް މައުލޫމާތު ދެމުން އޭނާ ބުނެފައިވަނީ އޭނާ ބޭނުންވީ ޓެރަރިސްޓުންގެ އަޤީދާ އޮޅުންފިލުވަން ކަމަށެވެ. ނަމަވެސް ކީރިތި ޤްރްއާން "ކިޔަމުން" ދިއަ ވަރަކަށް އެނގިގެން ދިއައީ އިސްލާމް ދީން އަދި ކީރިތި ޤްރްއާން ޓެރަރިޒަމް މަނާކުރާ މިންވަރު ކަމަށެވެ.

އޭނާއަކީ އެމެރިކާގެ އެންމެ ބޮޑު އެއް ނޫހުގެ އެންމެ އިސް އެކެކެވެ. އެހެންކަމުން އޭނާ ބުނެފައިވަނީ އޭނާގެ ޙަޤީޤަތް ޢާންމުކޮށް ހާމަކުރާނީ ޚާއްޞަ ރަސްމިއްޔާތެއްގައި ކަމަށެވެ.

އިސްލާމް ދީނާއި ޓެރަރިޒަމާއި ގުޅުވައިގެން އިސްލާމް ދީނުގެ އަދާވާތްތެރިން ޚަބަރުތައް ފަތުރަމުން ގެންދިއަ ނަމަވެސް ހަޤީޤަތް އޮޅުންފިލުމުން އިސްލާމް ދީން އިޚްތިޔާރުކުރާ މީހުން އަންނަނީ އިތުރުވަމުންނެވެ.
މިއަދު އޮންލައިން