9 މަހުގެ ތުއްތު ސަލާމާ ހޮސްޕިޓަލަށް ގެންދިއައިރު ސިކުނޑިއަށާއި ހިތަށް ލޭ އެޅިފައެވެ. ފުއްޕާ މެއަށްވެސް ލޭއެޅިފައެވެ. ބޮލުގެ ނާށިގަނޑު ފަޅައިގެންގޮސްފައެވެ.
ތުއްތު ސަލާމާ ވަނީ އެހާލުގައި އައިސީޔޫގައި 2 ހަފްތާ ވަންެދެން އޮތުމަށްފަހު ދުނިޔެ ދޫކޮށްފައެވެ.
ސަލާމާއަށް މިހެން ހެދީ ދުބާއީ އާއިލާއަކުން ދަރިފުޅު ބަލަން ގެންގޮސްފައި ހުރި އިންޑޮނޭސިއާގެ އަންހެނެކެވެ.
ސަލާމާގެ އާއިލާއިން ބުނީ އެ އަންހެން މީހާ އެދޭކަންކަން މުސާރައިގެ އިތުރުންވެސް ކޮށްދޭ ކަމަށެވެ. އަދި ތަނަކަށް ދާން ބޭނުންވެގެން ބުނެފިނަމަ ފޮނުވާ ކަމަށެވެ. އަދި އޭނާގެ އަމަލުތައް ބެލުމަށް މުލި ގޭގައި ސެކިޔުރިޓީ ކެމެރާ ވެސް ހަރުކޮށްފައި ހުންނާނެ ކަމަށެވެ.
"އަހަރެމެންނަށް މާބޮޑަށް އިތުބާރު ކުރެވުނީ. ކެމެރާވެސް ނުބެލުނީ. އެކަމުގެ ނަތީޖާ މިހައި ހިތިކޮށް މިފެނުނީ."
ހޮސްޕިޓަލުން ބުނީ ދުބާއީގައި މިފަދަ މައްސަލަތައް ދަނީ އިތުރުވަމުން ކަމަށާއި ދެން އެހެން ގޮތެއް ނެތިގެން ނޫނީ ތުއްތު ދަރިން ބަލަން ހަވާލު ނުކުރުމަށެވެ. ހަވާލުކުރިނަމަވެސް ވަރަށް ގާތުން އެމީހެއްގެ އަމަލުތައް ބަލަމުން ގެންދިއުމަށެވެ.