އައިއެސްއަށް ތާއީދުކޮށް ފަސިންޖަރަކު އަޑުގަދަކުރުމުން ފްލައިޓް ކުއްލި ހާލަތުގައި ޖައްސައި އޭނާ ބާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 37ސ
އައިއެސްއަށް ތާއީދުކޮށް ފަސިންޖަރަކު އަޑުގަދަކުރުމުން ފްލައިޓް ކުއްލި ހާލަތުގައި ޖައްސައި އޭނާ ބާލައިފި
ދުބާއީ އިން އިންޑިއާގެ ކާލިކަޓްއަށް ދަތުރުކުރި އިންޑިގޯ އެއަރލައިންގެ ފްލައިޓެއްގައި އިން ފަސިންޖަރަކު އައިއެސްއަށް ތާއީދުކޮށް އަޑުގަދަކުރަން ފެށުމުން ކުއްލި ހާލަތުގައި މުމްބާއީއަށް ޖައްސައި އޭނާ ފްލައިޓުން ބާލައި ފުލުހުންނާއި ހަވާލުކޮށްފިއެވެ.

އެއާލައިނުން ބުނީ އޭނާ އާދައާ ޚިލާފަށް އަޑުގަދަކުރި ކަމަށާއި އަދި އޭނާގެ އަމަލުތައް ހުރީ ވެސް ބިރުވެރި ގޮތަކަށް ކަމަށެވެ.

އެއާޕޯޓް ފުލުހުން ވަނީ އިތުރު ތަޙްޤީޤަށް މައިފުލުހުންނާއި އޭނާ ހަވާލުކޮށްފައެވެ. އެއާޕޯޓް ފުލުހުން ބުނީ ފަސިންޖަރުންގެ އެފަދަ އަމަލުތަކަށް އެންމެ ހަރުކަށި އަދަބުދޭންޖެހޭނެ ކަމަށެވެ.

އައިއެސް އާއިމެދު އިންޑިއާ އިން ޚާއްޞަ ސަމާލުކަމެއް ދީފައިވާއިރު އިންޑިއާގެ ގިނަ ބައަކު ދަނީ އައިއެސްއާއި ގުޅެމުންނެވެ.
މިއަދު އޮންލައިން