އެމެރިކާ ކޯލިޝަނުން ސީރިޔާ ރައްޔިތުން މެރުން ބާރަށް ކުރިއަށް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 33ސ
އެމެރިކާ ކޯލިޝަނުން ސީރިޔާ ރައްޔިތުން މެރުން ބާރަށް ކުރިއަށް
ސީރިޔާގެ ހަނގުރާމަ ހުއްޓުވުމަށް ކަމަށް ބުނެ އެމެރިކާ ކޯލިޝަނުން ދެމުން ގެންދާ ހަމަލާތަކުގައި ހުކުރު ދުވަހުވެސް ގިނަ ބައަކު މަރުވެއްޖެއެވެ.

ރިޕޯޓްތައް ބުނާގޮތުން މަންބިޖް ސިޓީއަށް ދިން ހަމަލާތަކުގައި އެކަނިވެސް 28 ޢާންމުން ވަނީ މަރުވެފައެވެ.

މީގެ އިތުރުން ހުކުރުވިލޭރޭ އައިއެސްއަށް ކަމަށް ބުނެ ދީން ހަމަލާތަކުގައިވެސް 7 ކުޑަކުދިންނާއި 13 ޢާންމުން ވަނީ މަރުވެފައެވެ.

ސޭބް ދަ ޗިލްޑްރަން އިން އިދްލީބުގައި ކުޑަކުދިންނަށާއި މާބަނޑޫ އަންހެނުންނަށް ހިންގާ ހޮސްޕިޓަލަކަށް ދިން ވައިގެ ހަމަލާތަކުގައި 2 މީހުންނާއި އިތުރު އެތައް ބައަކު ވަނީ މަރުވެފައެވެ. އަދި ހޮސްޕިޓަލަށްވެސް ވަނީ ބޮޑެތި ގެއްލުންތައް ލިބިފައެވެ.
މިއަދު އޮންލައިން