3 ރުފިޔާ 39 ލާރީގެ ދަރަންޏެއް އަދާނުކޮށްގެން ފިރިމީހާގެ ބޯކަނޑައި އަނބިމީހާ ވެސް މަރާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
3 ރުފިޔާ 39 ލާރީގެ ދަރަންޏެއް އަދާނުކޮށްގެން ފިރިމީހާގެ ބޯކަނޑައި އަނބިމީހާ ވެސް މަރާލައިފި
3 ރުފިޔާ 39 ލާރީގެ ދަރންޏެއް (އިންޑިއާ 15 ރުޕީސް) އަދާނުކޮށްގެން ކޯރާޑިއަކުން ފިރިމީހާގެ ބޯކަނޑައި އަނބިމީހާ ވެސް މަރާލައިފިއެވެ.

މިހާދިސާ ހިންގާފައިވަނީ އިންޑިއާގެ މަތީ ނަސްލުގެ ވިޔަފާރިއަކު މިދިއަ ބުރާސްފަތި ދުވަހުއެވެ. އޭނާގެ ފިހާރައިން އެންމެ ފަޤީރު ނިކަމެތި ނަސްލުގެ ދެމެފިރިން އެމީހުންގެ 3 ދަރިންނަށް ދިނުމަށް ދަރަންޏަށް ގެންގޮސްފައިވާ 3 ޕެކެޓް ބިސްކޯދުގެ އަގަށްވާ 15 އިންޑިއާ ރުޕީސް ދައްކަން އިތުރު ވަގުތުކޮޅަކަށް އެދުމުންނެވެ.

ފިހާރައިގެ ވެރިމީހާ އަޝޯކް މިޝްރާ، އެދެމަފިރިން މަސައްކަތު ދަނިކޮށް ހުއްޓުވައި 15 ރުޕީސް ދޭން ބުނުމުން ދެމަފިރިން ބުނީ އެމީހުންގެ އަތުގައި އެންމެ ރުޕީއެއްވެސް ނެތް ކަމަށެވެ. އެދުވަހުގެ މަސައްކަތުން ދެމަފިރިންނަށް ލިބޭ އުޖޫރައިން ދަރަނި އަދާކުރާނެ ކަމަށެވެ.

އެދެމަފިރިން އެހެން ބުނުމުން ވެސް ގޮތް ދޫނުކޮށް ޒުވާބުކުރަމުންގޮސް ކޯރާޑިއަކުން ހަމަލާދީ ފިރިމީހާގެ ބޯ ކަނޑައިލީއެވެ. އެއަށްފަހު ކޯރާޑިން ތަޅައި އަނބިމީހާވެސް މަރައިލީއެވެ.

މީގެ ދުވަސްކޮޅެއް ކުރިން ހަމަ އެ ސަރަހައްދުގައި މަރުވެފައި އޮތް ގެރިއެއްގެ ހަން ނޮޅަން ތިބި 4 ފަޤީރުންނަށް ހަމަލާދީ 4 މީހުންވެސް ވަނީ މަރާލައިފައެވެ.
މިއަދު އޮންލައިން