ސްރީލަންކާއިން ވަރަށް އަވަހަށް މިނިވަން މީޑިއާ ކޮމިޝަނެއް އުފައްދާނެކަމަށް އެ ޤައުމުގެ މިނިސްޓަރ ފޮރ ޕާލަމެންޓްރީ ރިފޯމްސް އެންޑް މާސް މީޑިއާ މރ. ގަޔަންތާ ކަރުނާ ތިލަކަ ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ގަޔަންތާ ވިދާޅުވީ އެކަމަށްޓަކައި މީޑިއާތަކުގެ އިސްވެރިންނާއިއެކުގައި މަޝްވަރާތައް މިހާރުވެސް ފަށްޓަވާފައިވާ ކަމަށެވެ.
ޑިޕިޔުޓީ މިނިސްޓަރ ކަރުނާރަތްނަ ވިދާޅުވީ ލަންކާގެ މީޑިއާ މިހާރު އޮތީ ވަރަށް ނުރައްކާތެރި ހާލަތެއްގައި ކަމަށާއި ޤަވާއިދުތައް ހަދައި އަމަލުނުކޮށް ދޫކޮށްލެއްވެން ނެތް ކަމަށެވެ.
އިންފޮރމޭޝަން މިނިސްޓްރީގެ ނައިބް ކަރުނާތިލަކަ ވިދާޅުވީ ކޮމިޝަނުގެ މަސައްކަތްތައް އަމާޒުކުރެވޭނީ މީޑިއާތަކަށް ކަމަށާއި ޖަރނަލިސްޓުންނަށް ނޫން ކަމަށެވެ.
ސްރީލަންކާގެ ބައެއް މީޑިއާތަކުން ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ވެރިކަމުގައި ކުރައްވާފައިވާ ކަންކަން އޮޅުވާލަމުން ގެންދާތީ މައްސަލަތައް ދަނީ ކުރިމަތިވަމުންނެވެ.