މަންމައާއި 14 އަހަރުގެ އަންހެން ދަރިފުޅު ރޭޕްކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
މަންމައާއި 14 އަހަރުގެ އަންހެން ދަރިފުޅު ރޭޕްކޮށްފި
ކާރުގައި ދަނިކޮށް ހުއްޓުވައި މަންމައާއި 14 އަންހެން ދަރިފުޅާއި ގަދަކަމުން ޖިންސީ ގުޅުން ހިންގައިފިއެވެ.

އިންޑިއާގެ އުއްތަރު ޕްރަދޭޝްގައި ވެރިރަށް ނިޔުދިއްލީ އާއި އެންމެ 65 މޭލު ދުރުގައި މިކަންކޮށްފައިވަނީ ހައިވޭއަކުން ދަނިކޮށް 6 މީހަކުވެގެންނެވެ. މި 6 މީހުން ވެސް ވަނީ ދެމައިންނާއި ގަދަކަމުން ޖިންސީ ގުޅުން ހިންގައިފައެވެ.

މި އަމަލުތައް ހިންގާފައިވަނީ އެއިރު ކާރުގައި ތިބި ޢާއިލާގެ 4 ފިިރިހެނުން ކާރުން ބާލައި ރޯނުން ބަނުމަށްފަހުގައެވެ. އަދި އެވަގުތު ވަނީ ކާރުގައި ހުރި އެމީހުންގެ ހުރިހާ ތަކެތި ވަގަށް ނަގައިފައެވެ.

ފުލުހުން ވަނީ މި މައްސަލައާއި ގުޅިގެން 15 މީހަކު ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ މިކަމުގައި އިސްކޮށް ހުރި މީހާ އަދި ނުފެންނަ ކަމަށެވެ.

އިންޑިއާގައި މިފަދަ އަމަލުތައް ހިންގާ އަދަދު ގިނަކަމުން ކޮންމެ ދުވަހަކުވެސް ނޫސްތަކުގެ މައިސުރުޚީގައި ދަނީ ލިޔެވެމުންނެވެ. 2014 ވަނަ އަހަރަށް ބަލައިފިނަމަ ގަދަކަމުން ޖިންސީ ގުޅުން ހިންގުމުގެ 36،735 ހާދިސާ ވަނީ ހިންގައިފައެވެ. އެއީ ނިޞްބަތުން ދުވާލަކަށް 10 މައްސަލައަށްވުރެ ގިނަ އަދަދެކެވެ.

އިންޑިއާގައި ހިންގާ މިބާވަތުގެ އަމަލުތަކުގެތެރެއިން ރިޕޯޓުކުރެވެނީ މަދު މައްސަލައެއްކަން ފާހަގަކުރެވެއެވެ. އެފަދަ ކަންކަން ކުރާ މީހުން ދީފާނެ އިތުރު އަނިޔާއަށް ގިނަ ބައަކު ބިރުގަނެއެވެ.
މިއަދު އޮންލައިން