ރަސިއާ ހެލިކޮޕްޓަރެއް ވައްޓައިލުމުން 5 މީހުން މަރުވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 31ސ
ރަސިއާ ހެލިކޮޕްޓަރެއް ވައްޓައިލުމުން 5 މީހުން މަރުވެއްޖެ
ސީރިޔާގެ އުތުރު އިދްލިބް ސަރަހައްދުން ދަތުރުކުރި ރަސިއާގެ ހެލިކޮޕްޓަރެއް ވައްޓައިލުމުން އެއިގައި ތިބި 5 މީހުން މަރުވެއްޖެއެވެ.

ރަސިއާ އިން ވަނީ މިކަން ކަށަވަރުކޮށްދީފައެވެ.

ރިޕޯޓްތައް ބުނާގޮތުން ހެލިކޮޕްޓަރު ވައްޓައިލީ ސީރިޔާ ސަރުކާރާއި ދެކޮޅަށް ހަނގުރާމަކުރަމުން ގެންދާ ޖަމާއަތްތަކުންނެވެ.

ރަސިއާ އިން ބޮން އަޅައި ކޮންމެ ދުވަހަކު އާންމުންގެ އެތައް ބައަކު ގެންދަނީ މަރަމުންނެވެ. ނަމަވެސް ހެލިކޮޕްޓަރު ވައްޓައިލުމުން ރަސިއާގެ ޑިފެންސް މިނިސްޓްރީން ބުނީ އެއީ ހަލްބަށް އިންސަނީ އެހީ ފޯރުކޮށްދިނުމަށް ހަރަކާތްތެރިވި ހެލިކޮޕްޓަރެއް ކަމަށެވެ.
މިއަދު އޮންލައިން