ކުއްތާއަށް ފިލަން ގެސްޓް ރޫމަކަށްވަން ލެއޮޕާޑެއް ފާޚާނާގައި ތަޅުލުމުން ސަލާމަތްވެ ފިލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
ކުއްތާއަށް ފިލަން ގެސްޓް ރޫމަކަށްވަން ލެއޮޕާޑެއް ފާޚާނާގައި ތަޅުލުމުން ސަލާމަތްވެ ފިލައިފި
ސަމިޓްރަތޯރާއި އޭނާގެ އަންހެނުން ޗުއްޓީ ހޭދަކުރަން ގޮސް ތިބީ އިންޑިއާގެ އުއްތަރްޚާންދުގެ ނައިނިތަލްގެ ގެސްޓް ހައުސްއެއްގައެވެ. ހޮނިހިރު ދުވަހު ހެނދުނު ހޭލެވުނީ އަޑެއް އިވިގެންނެވެ.

ބަލައިލި އިރު މިއިވުނީ ކުޑަދޮރު ހަލާކުކޮށްލައިގެން ބޮޑު ލެއޮޕާޑެއް ކޮޓަރިއަށް ވަންއަޑެވެ. އިންތިހާއަށް ބިރުން ތިބެމެ އެކިއެކި ކަންކަން ކޮށްގެން ލަވަމުން ގެންގޮސް އެކަލޭގެ ވެއްދީ ފާޚާނާއަށެވެ.

ފާޚާނާއަށް ވެއްދުމަށްފަހު ބޭރުން ތަޅުލައި އިންޒާރު ރަނގަބީލު ޖެހުމުން ސެކިޔުރީޓީން އައުމުގެކުރިން އެކަލޭގެ ވަނީ ފާޚާނޭގެ ކުޑަދޮރު ހަލާކުކޮށްލައި ފުންމާލައިގެން ޖަންގައްޔަށް ދުވެގޮސް ފިލައިފައެވެ.

ސެކިޔުރިޓީން ބުނީ އާންމު ގޮތެއްގައި ލެއޮޕާޑް ގެސްޓް ހައުސްގެ ތެރެއަށް ވަންނަނީ ކުއްތާތައް އެކަލޭގެ ފަހައިގަތުމުން ސަލާމަތްވުމަށް ކަމަށެވެ.

ނައިނިތަލްގައި ރޭގަނޑު ގެސްޓް ހައުސްތަކަށް މިފަދަ ޖަނަވާރުތައް ޒިޔާރަތްކުރުމަކީ އާންމު ކަމެކެވެ. ޢާންމު ގޮތެއްގައި އެތަނަށް ޒިޔާރަތްކުރަނީ ޖަނަވާރު ބެލުމަށް ޝައުޤުވެރިވާ މީހުންނެވެ.
މިއަދު އޮންލައިން