ޓްރަމްޕް "ފުއްޕާތީ" އަތަށް ގޮވުން އިތުރުވަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ޓްރަމްޕް "ފުއްޕާތީ" އަތަށް ގޮވުން އިތުރުވަނީ
އެމެރިކާގެ ރިޔާސީ ރޭހުގައި ވާދަކުރަމުން ގެންދާ ޓްރަމްޕް "ފުއްޕާތީ އަތަށް ގޮވުން އިތުރުވާން ފަށައިފިއެވެ. އޭނާގެ އަމިއްލަ ޕާޓީ ތެރެއިންވެސް ރަތްކާޑޫ ދައްކާތަން ފެންނަން ފަށައިދިއެވެ.

ޖާނުން ފިދާވެގެން އިރާގުގައި ދީފައިވާ ހަމަލާއަކާއި ގުޅިގެން ޓްރަމްޕް އިއްޔެ ދެއްކި ވާހަކަތަކަށް ރައްދުދެމުން ޚިޒްރް (ކުރީގައި އާރމީގައި ޚިދުމަތްކޮށްފައިވާ ކޮމާންޑަރެއް) ބުނީ ޓްރަމްޕަކީ ދުވަހަކު އެމެރިކާގެ ސަހަރާއަކަށް ދިއަ މީހެއް ނޫން ކަމަށެވެ. ސަހަރާއަށް ދިއަނަމަ އެމެރިކާއަށްޓަކައި ޤްރްބާންވީ މީހުންގެ މަހާނަތައް ފެންނާނެ ކަމަށެވެ. އެމެރިކާއަށްޓަކައި ޖާނުން ޤްރްބާންވުމުން އެތަނުގައި ވަޅުލެވިފައިވަނީ ވަކި ނަޞްލެއްގެ ވަކި ދީނެއްގެ މީހުންނަށް ނޫންކަން އެނގޭނެ ކަމަށެވެ.

"ޓްރަމްޕަށް އެނގެނީ ނަސްލީ ފާޑުކިޔަން. މުސްލިމުންނަށް ހަމަލާދޭން. ޓްރަމްޕަކީ އެމެރިކާއަށް އެއްވެސް ކަމެއް ކޮށްދީފައި ހުރި މީހެއް ނޫން. މާދަމާ ކޮށްދޭނެ ކަންކަމުގެ ލިސްޓު ކިތަންމެ ދިގުކޮށް ކީޔަމުން ގެންދިއަ ނަމަވެސް އެމެރިކާގެ ރައްޔިތުން ތިބީ އެއަޑު އަހާކަށް ނޫން. ކަލެއަށް އެނގެނީ ހަމައެކަނި ބޮޑުފާރު ރާނާ ވާހަކަ އާ އަހަރެމެން އެމެރިކާއިން ބޭރުކުރާ ވާހަކަ ދައްކަން."

ޚިޒްރް ބުނީ ޓްރަމްޕް އެމެރިކާގެ ޤާނޫނު ނުވެސް ކިޔާކަމަށެވެ. ކީނަމަ އެއިގައި ހުރިހައި ރައްޔިތުންނަށް އެއްވަރަށް ހިމާޔަތާ ރައްކާތެރިކަން ދީފައިވާ މިންވަރު އެނގޭނެ ކަމަށެވެ. "އަހަރެން ބޭނުން ކަލެއަށް ޤާނޫނު ހަދިޔާކުރަން"

ޚިޒްރް ފަދަ އެތައް ބައަކު ގެންދަނީ އަމިއްލަ ގޮތުން ޓްރަމްޕާ ދެކޮޅަށް އެއްވުންތައް ބާއްވަމުންނެވެ. އެފަދަ އެއްވުންތަކަށް ރައްޔިތުންގެ ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.
މިއަދު އޮންލައިން