18 އަހަރުވަންދެން ޖަންގަލީގައި އުޅުނު "ޖަންގަލީ އަންހެނާ"ގެ ބައްޕަ ދަރިފުޅު ހޯދަން މަސައްކަތް ފަށައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
18 އަހަރުވަންދެން ޖަންގަލީގައި އުޅުނު "ޖަންގަލީ އަންހެނާ"ގެ ބައްޕަ ދަރިފުޅު ހޯދަން މަސައްކަތް ފަށައިފި
18 އަހަރުވަންދެން ޖަންގަލީގައި އުޅުނު "ޖަންގަލީ އަންހެނާ"ގެ ބައްޕަ ކަމަށް ބުނާ މީހަކު އޭނާގެ ދަރިފުޅު ހޯދަން މަސައްކަތް ފަށައިފިއެވެ.

ކެންބޯޑިއާގެ ޖަންގަލިން އޭނާ ފާހަގަކުރެވުނީ ރާމާ މަކުނު އަންނަ ގޮތަށް އައިސް ދަނޑުވެރިއެއްގެ ކާއެތިކޮޅު އަތުލައިގަންނަން މަސައްކަތްކުރުމުންނެވެ. އެއިރު އޭނާގެ ގައަކު އެއްވެސް ފޭރާމެއްވެސް ނެތެވެ.

ކެންބޯޑިއާ ބައަކު އޭނާ ހޯދަން ކުރި މަސައްކަތުން ހޯދައި އެމީހުންގެ ބެލުމުގެދަށަށް ގެންދިއުމުން އެނގުނީ އޭނާ ޖަންގަލީގައި އެކަނި ދިރިއުޅޭތާ 18 އަހަރު ވެއްޖެކަމެވެ. އަދި އޭނާ ޖަންގަލި ތެރެއަށް ގެއްލުނީ ގެރިއަށް ދޭނެ ފެންހޯދަން މަސައްކަތްކުރަނިކޮށް ކަމެވެ.

2007 ވަނަ އަހަރު އޭނާ ފެނުމުން އޭނާ ބަލަހައްޓަމުން ދިއައީ ކެންބޯޑިއާގެ ޢާއިލާއަކުންނެވެ. އޭނާ އަކީ ދަރިފުޅު ކަމަށް ބުނަނީ ވިއެޓްނާމްގެ މީހެކެވެ. އުމުރުން 70 އަހަރުވެފައިވާ އެމީހާ ބުނަނީ އޭނާއަށް ދަރިފުޅުގެ ފޮޓޯ ފެނުނީ ފޭސްބުކުން ކަމަށެވެ.

އެމީހާ ވަނީ މިހައި ދުވަހު ދަރިފުޅު ބަލައިދިނުމުގެ އަގަކަށް 1500 ޑޮލަރު ދޭނެ ކަމަށް ބުނެފައެވެ. ނަމަވެސް އަންހެންކުއްޖާ ބަލަހައްޓާ އާއިލާއިން އެއީ ބައްޕަކަމަށް ޔަޤީނެއް ނުކުރެއެވެ. އެ އާއިލާއިން ބުނީ އެކަމަށް ގޮތެއް ނިންމާނީ ކެންބޯޑިއާ ސަރުކާރާއި މަޝްވަރާކޮށްގެން ކަމަށެވެ.

ބައްޕަކަމަށް ބުނާ މީހާ ބުނީ އޭނާގެ ދަރިފުޅު ގެއްލުނު އިރު ސިކުނޑީގައި އުނިކަމެއް ހުންނާނެ ކަމަށެވެ. އަދި ހުންނާނެ ބައެއް ފާހަގަތައްވެސް ވަނީ ކިޔައިދީފައެވެ.
މިއަދު އޮންލައިން