ހައްދުފަހަނައަޅައިދިއުން އިތުރުވަނީ ޓީވީ ޗެނެލްތަކުންނާ އިންޓަރ ނެޓުން ފަތުރާ ދޮގު މައުލޫމާތުގެ ސަބަބުން ކަމަށް މުސްލިމް ވޯލްޑް ލީގްގެ ސެކެޓްރީ ޖެނެރަލް ޢަބްދުﷲ އަލްތުރުކީ ވިދާޅުވެއްޖެއެވެ.
އަލްތުރުކީ މިމޭރުމުން ވިދާޅުވީ "އިސްލާމްސް މޮޑަރޭޝަން ޓް ކޮމްބެޓް ޓެރަރިޒަމް އެންޑް ސެކްޓޭރިއަނިޒަމް" ގެ ނަމުގައި ބޭއްވި ބައިނަލްއަޤްވާމީ މަހާސިންތާގައި ތަޤްރީރް ކުރައްވަމުންނެވެ. މިއީ މުސްލިމް ވޯލްޑް ލީގުން އިންޑޮނޭސިއާގެއިން ދީނީ އިލްމުވެރިންނާއި ގުޅިގެން ބޭއްވި ބައްދަލުވުމެކެވެ.
އަލްތުރުކީ ވިދާޅުވީ ވިސްނަންވީ އިސްލާމް ދީން ފެށިގެން އައި ގޮތާއިމެދުގައި ކަމަށެވެ. ތަފާތު ޤައުމުތަކުގެ އަދި ތަފާތު ނަސްލުތަކުގެ މީހުން ގުޅި އެކުވެރިކަމާއިއެކު އިސްލާމް ދީން މަތިވެރިކުރުމަށް ކުރަމުން އައި މަސައްކަތްތަކަށް ކަމަށެވެ. ހުރިހައި ޞަހާބީން ގުޅިވަޑައިގެން އެއްބައެއްގެ ގޮތުގައި އިސްލާމް ދީނަށް ދެއްވެވި ނަޞްރަށް ކަމަށެވެ.
އަލްތުރުކީ ވިދާޅުވީ މިއަދު އިސްކަންދޭންވީ މަޒުހަބީ ތަފާތުތަކަށް ނޫން ކަމަށާއި އިސްކަންދޭންވީ ހަލުއިކަމާއިއެކު ފެތުރެމުން އަންނަ ކަލަކު ވޮޑިގެންވާކަން ޤަބޫލު ނުކުރުން ހުއްޓުވަން ކަމަށެވެ. މަޒުހަބީ ތަފާތުތަކަށްވުރެ އެކަން މާނުރައްކާތެރި ކަމަށެވެ. އެކަމުގެ ސަބަބުން އިސްލާމް ދީނަސް ލިބެމުންދާ ގެއްލުން މާބޮޑު ކަމަށެވެ.
އިސްލާމް ދީނަށް ކުރިމަތިވަމުން އަންނަ ބޮޑެތި ގޮންޖެހުންތަކުން އިސްލާމް ދީން ސަލާމަތްކުރުމަށް ދީނީ އިލްމުވެރިންނާއި ސްކޫލުތައް ގުޅިގެން ގަދައަޅައި މަސައްކަތް ކުރުމަށް އަލްތުރުކީ ވަނީ ގޮވާލައްވައިފައެވެ.