އިންޑިއާގެ ކެރަލާ އިން ފުރައިގެން ދުބާއީއަށް ދަތުރުކުރި އެމިރޭޓްސް ފްލައިޓެއްގައި ރޯވެއްޖެއެވެ.
ފްލައިޓް އީކޭ 521 ކުއްލި ހާލަތުގައި މިއަދުވަނީ ދުބާއީއަށް ޖައްސައިފައެވެ. ފްލައިޓުން ދަތުރުކުރި 275 ފަސިންޖަރުންނާއި ފަޅުވެރިން ވަނީ އެއްވެސް ގެއްލުމެއް ނުލިބި ސަލާމަތްވެފައެވެ. އަލިފާން ނިއްވާ މީހަކު ވަނީ މަރުވެފައެވެ.
މިއީ 1 ހަފްތާ ތެރޭގައި އަލިފާނާ ގުޅުންހުރި މައްސަލަތަކުގައި ކުއްލި ހާލަތުގައި ޖައްސަންޖެހުނު އެމިރޭޓްސްގެ 3 ވަނަ ފްލައިޓެވެ.