އާގޮތަކަށް ކައިވެނިކުރުމަށް 300 ފޫޓު އުހުގައި އެލުވިގެން ތިބެ ކައިވެނިކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 30ސ
އާގޮތަކަށް ކައިވެނިކުރުމަށް 300 ފޫޓު އުހުގައި އެލުވިގެން ތިބެ ކައިވެނިކޮށްފި
އާގޮތަކަށް ކައިވެނިކުރުމަށް 300 ފޫޓު އުހުގައި އެލުވިިގެން ތިބެ ކައިވެނިކޮށްފިއެވެ.

25 އަހަރުގެ ރެޝްމާ ޕަޓިލްއާއި 33 އަހަރުގެ ޖޭދީޕް ޖަދާވް މިކައިވެނި ކޮށްފައިވަނީ އިންޑިއާގެ މަހަރަސްތްރާ ޖަކާޝް ވެލީގައެވެ.

މިކައިވެނިކޮށްދިން ޕްރީސްޓް ވެސް ކައިވެނިކޮށްދިނީ އެލިގެން އޮވެއެވެ. ކައިވެނީގެ ގޮށް ޖަހައިދިނީވެސް އެލިގެން ތިބެއެވެ.

މިއީ ވަރަށް ވަރުގަދަ ލޯބީގެ ކައިވެންޏެކެވެ. އާ ގޮތަކަށް ކައިވެނިކުރަން ބޭނުންވީ އެމީހުންގެ ލޯބީގެ ރަމްޒެއްގެ ގޮތުންނެވެ.

ފްލައިޓުތަކުގައި ގިނަ ބައަކު ވަނީ ކައިވެނިކޮށްފައެވެ. ނަމަވެސް ވަލުން އެލިގެންތިބެ އެއްވެސް ބައަކު ކައިވެނިކުރިކަން އަދި އެނގިފައެއް ނުވެއެވެ.

މިއަދު އޮންލައިން