12 އަހަރުގެ ކުދިން ޖަލަށް ލެވޭގޮތަށް އިޒްރޭލް ޕާލަމެންޓުން ފާސްކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 39ސ
12 އަހަރުގެ ކުދިން ޖަލަށް ލެވޭގޮތަށް އިޒްރޭލް ޕާލަމެންޓުން ފާސްކޮށްފި
އުމުރުން 12 އަހަރުވެފައިވާ ކުދިންނަށް ޖަލު ޙުކުމް އިއްވޭ ގޮތަށް އިޒްރޭލުގެ ޕާލަމެންޓުން ފާސްކޮށްފިއެވެ.

އެ ބިލުގައިވާ ގޮތުން މީހުން މެރުމާއި ޓެރަރިޒަމްގެ އަމަލުތައް ހިންގުމާއި އެފަދަ އަމަލެއް ހިންގަން އުޅޭކަން ސާބިތުވެއްޖެނަމަ ޖަލަށް ޙުކުމް ކުރެވިދާނެއެވެ.

އިޒްރޭލުގެ ކޯޓުތަކަކީ ފަލަސްޠީނުގެ ރައްޔިތުންގެ ކޮންމެ ކަމެއް ކޮންމެ ގޮތަކަށްވެސް ސާބިތުކުރެވޭ ކޯޓުތަކަކަށްވާއިރު މި ފާސްކުރުމުގެ ސަބަބުން ގިނަ އަދަދެއްގެ ފަލަސްޠީނު ކުދިން ޖަލަށްލައި ޒުވާން ނަސްލު ނައްތައިލުމުގެ ފުރުޞަތު ވަރަށް ބޮޑެވެ.

އިޒްރޭލުން ކުރަންބޭނުންވާ އެއްވެސް ކަމެއް ހުއްޓުވުމުގެ ބާރު ލިބިގެންވާ އެއްވެސް ފަރާތެއް ނެތުމުން މިއީ މުސްލިމުންނަށް ކުރިމަތިވި އިތުރު އުޤޫބާތެއްކަން ފާހަގަކުރެވެއެވެ.
މިއަދު އޮންލައިން