މައުލޫމާތު ހޯދަންދިއަ ދަރިވަރަކާ ގަދަކަމުން ޖިންސީގުޅުން ހިންގި ފިލްމް ޑިރެކްޓަރު 7 އަހަރަށް ޖަލަށް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
މައުލޫމާތު ހޯދަންދިއަ ދަރިވަރަކާ ގަދަކަމުން ޖިންސީގުޅުން ހިންގި ފިލްމް ޑިރެކްޓަރު 7 އަހަރަށް ޖަލަށް
މައުލޫމާތު ހޯދަން ބައްދަލުކުރި އެމެރިކާގެ ދަރިވަރަކާއި ގަދަކަމުން ޖިންސީ ގުޅުން ހިންގިކަމުގެ ކުށް ސާބިތުވެ އިންޑިއާގެ ފިލްމުއުފައްދާ ޑިރެކްޓަރަކު 7 އަހަރަށް ޖަލަށްލުމަށް ޙުކުމްކޮށްފިއެވެ.

ވާހަކަ ލިޔާ އަދި ތިއޭޓަރުތަކުގައި ޝޯ ހުށަހަޅައިދޭ ފިލްމް ޑިރެކްޓަރު މަޙްމޫދު ފާރޫޤީ މިއަމަލު ހިންގާފައިވަނީ 2014 ވަނަ އަހަރު އެ ދަރިވަރު ލިޔަމުން ގެންދިއަ ތީސިސްއަކަށް މަޙްމޫދުގެ ކިބައިން މައުލޫމާތު ހޯދަން މަޙްމޫދުގެ ގެއަށް ދިއުމުންނެވެ.

އަންހެން ކުއްޖާ ބުނީ މަޙްމޫދު މިކަންކުރީ މަސްތުގެ ހާލުގައި ހުރެގެން ކަމަށެވެ. ނަމަވެސް މަޙްމޫދު ވަނީ އޭނާ އަފަދަ އަމަލެއް ނުހިންގާ ކަމަށްބުނެ ދައުވާއަށް އިންކާރުކޮށްފައެވެ.

މަޙްމޫދަކީ ކައިވެނިކޮށްގެން އަނބިމީހާއާއިއެކު ދިރިއުޅެމުން އަންނަ މީހެކެވެ. އޭނާގެ މައްޗަށް ދައުވާ އުފުލުމުން ޖަލުގައި ބަންދުކުރި ނަމަވެސް އޭނާ ވަނީ ފައިސާ ބެހެއްޓުމަށްފަހު ޖަލުން ނުކުމެފައެވެ. ނަމަވެސް ބުދަ ދުވަހު ޝަރީއަތް ނިންމައި ޙުކުމް ކުރުމާއި ގުޅިގެން މިހާރު ވަނީ އަލުން ޖަލުގައި ބަންދުކޮށްފައެވެ.
މިއަދު އޮންލައިން