ﷲ ގެ މަގުގައި ހޭދަކުރުމަކީ ﷲ ގެ މަގުގައި އަމިއްލަ ޖާނުން ޤްރްބާންވުން ފަދަ ކަމެއް ކަމަށް ސައުދިއަރަބިޔާގެ އިސް މުފްތީ ފަޟީލަތުއްޝައިޚް ޢަބްދުލްޢަޒީޒް އައްޝައިޚް ވިދާޅުވެއްޖެއެވެ.
އިސް މުފްތީ މިމޭރުމުން ވިދާޅުވީ ރޭޑިއޯ މެދުވެރިކުރައްވައި ދެއްވި ޚިޠާބެއްގައެވެ.
އިސްމުފްތީ ވިދާޅުވީ ސައުދިއަރަބިޔާގެ ދެކުނުގައި ޤައުމު ދިފާއުކުރުމަށް ހަނގުރާމަކުރަމުން ގެންދާ ސިފައިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަކީ ވިޔަފާރިވެރިންނާއި ފުދުންތެރިން ކުރަންޖެހޭނެ ކަމެއް ކަމަށެވެ.
އިސް މުފްތީ ވިދާޅުވީ ޤައުމު ދިފާއުކުރުމަށް ސިފައިން ވަމުން ގެންދަނީ މަތިވެރި ޤްރްބާނީތަކެއް ކަމަށްވާއިރު ސަރުކާރުން ދޭ މުސާރައަކީ އެފަދަ މަތިވެރި ޚިދުމަތެއް ކުރާ ބައަކަށް އެކަށީގެންވާވަރަށްވުރެ ކުޑަ އުޖޫރައެއް ކަމަށެވެ.
ހަނގުރާމައިގައި ޝަހީދުވަމުންދާ ސިފައިންގެ ޢާއިލާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަން އިސް މުފްތީ ވަނީ ޚާއްޞަ ގޮތެއްގައި ފާހަގަކުރައްވައިފައެވެ.