އޮލިމްޕިކްސް އަށް ގޮސްހުރި މޮރޮކޯގެ ބޮކްސިންތަޅާ މީހެއް ޖިންސީ ގޯނާކުރުމުގެ ކުށުގައި ބަނދުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
އޮލިމްޕިކްސް އަށް ގޮސްހުރި މޮރޮކޯގެ ބޮކްސިންތަޅާ މީހެއް ޖިންސީ ގޯނާކުރުމުގެ ކުށުގައި ބަނދުކޮށްފި
އޮލިމްޕިކްސް އަށް ގޮސްހުރި މޮރޮކޯގެ ބޮކްސިންތަޅާ މީހެއް ޖިންސީ ގޯނާކުރުމުގެ ކުށުގައި ބަނދުކޮށްފި އެވެ.

ބްރެޒިލުގެ ފުލުހުން މޮރޮކޯގެ އެތްލީޓް ހަސަން ސާދާ ބަންދުކުރީ ބުދަ ދުވަހުގެ ރޭ އޮލިމްޕިކްސް ވިލެޖުގައި އޭނާ ހުންނަ ކޮޓަރިއަށް އެތަން ސާފުކުރަން އުޅުނު ދެ އަންހެނުން ވައްދައި އެމީހުންގެ ގައިގައި އަތްލުމުގެ ކުށުގައެވެ.

ކޯޓަށް ހާޒިރުކުރުމުން އޭނާއަކީ މިނިވަންކަމާއިއެކު ދޫކޮށްފައި ބަހައްޓަން އެކަށީގެންވާ މީހެއް ނޫން ކަމަށް ކަނޑައަޅައި 2 ހަފްތާގެ މުއްދަތަށް ވަނީ ބަންދުކޮށްފައެވެ.

އުމުރުން 22 އަހަރުގެ ހަސަން ބޮކްސިންގ ތަޅަންޖެހެނީ ތާވަލުގައި އޮތްގޮތުން މާދަމާއެވެ.

ޙަސަން އަކީ މޮރޮއްކޯގެ 2 މުބާރާތް ކާމިޔާބުކޮށްފައިވާ އުންމީދީ އެތްލީޓެއް ނަމަވެސް އޮލިމްޕިކްސްގައި އޭނާއަށް ފުރުޞަތެއް ުލިބުމަކީ އެކަށީގެންވާ ކަމެއް ނޫންކަމަށް މިހާރު ވަނީ ބެލެވިފައެވެ.
މިއަދު އޮންލައިން