ސައިޕްރަސްގެ ފުލުހުން 66 މިލިއަން ޑޮލަރުގެ ކޮކޭން އަތުލައިގެންފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 38ސ
ސައިޕްރަސްގެ ފުލުހުން 66 މިލިއަން ޑޮލަރުގެ ކޮކޭން އަތުލައިގެންފި
ސައިޕްރަސްގެ ފުލުހުން 66 މިލިއަން ޑޮލަރުގެ ކޮކޭން އަތުލައިގެންފިއެވެ.

ބަރުދަނުގައި 156 ކިލޯ ހުރި މިތަކެތި އަތުލައިގަތީ ރިޒޯޓެއް ކައިރީގައި ހުރި ގުދަނެއްގައި ހުރި އިންޖީނެއްގެ ތެޔޮ ޓޭންކުގައި ރައްކާކޮށްފައި ހުއްޓައެވެ.
މިއީ ސައިޕްރަސްއަށް ބަލާއިރު ރެކޯޑު އަދަދެކެވެ. ސައިޕްރަސް އިން މިހައިތަނަށް އަތުލެވުނު އެންމެ ގިނަ އަދަދު ކަމަށްވާ 100 ކިލޯ އަތުލައިގަތީ މިދިއަ އަހަރުއެވެ.

ބެލެވޭ ގޮތުން މިތަކެތި ސައިޕްރަސްއަށް އެތެރެކޮށްފައިވަނީ ދެކުނު އެމެރިކާގެ ޗިލީންނެވެ. އަދި ޗިލީއަށް މިތަކެތި އެތެރެކޮށްފައިވަނީ އީޔޫގެ ގިނަ ޤައުމުތަކެއްގެ ތެރެއިންނެވެ. ނަމަވެސް އެއްވެސް ޤައުމަކަށް މިތަކެތި ފާހަގަކުރެވިފައެއް ނުވެއެވެ.

ސައިޕްރަސްގެ ފުލުހުން ބުނީ މިތަކެތި އެތެރެކޮށްފައިވަނީ އެހެން ޤައުމުތަކަށް ފޮނުވުމަށްކަމަށް ބެލެވޭ ކަމަށެވެ.
މިއަދު އޮންލައިން