ކޮންގޯ ވައިރަސްހުރި އެއްގަމު މަހުގެ ބިރުވެރިކަން ސަރަހައްދަށް ފެތުރެނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 35ސ
ކޮންގޯ ވައިރަސްހުރި އެއްގަމު މަހުގެ ބިރުވެރިކަން ސަރަހައްދަށް ފެތުރެނީ
ކޮންގޯ ވައިރަސްހުރި އެއްގަމު މަހުގެ ބިރުވެރިކަން ސަރަހައްދަށް ފެތުރެން ފަށައިފިއެވެ.

ޕާކިސްތާނުގެ ޕަންޖާބުގެ 5 މީހަކު މިހާރުވެސް ވަނީ މި ފަދަ މަސް ކައިގެން މަރުވެފައެވެ. އަދި 3 މީހަކު މިހާރުވެސް ތިބީ ވަރަށް ނުރައްކާތެރި ހާލަތުގައެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި މައްސަލަ ކުރިމަތިވީ އަންނަ ބޮޑު އީދުގައި ކަތިލުމަށް އެފްރިކާގެ ޤައުމުތަކުން ޖަނަވާރު އެތެރެކުރަން ފެށުމުންނެވެ. އަދި މިކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ވަނީ އެދިފައެވެ.

މިބަލީގެ އަލާމާތްތައް ޑެންގީ އާއި ދާދި އެއްގޮތްކަމުން މިކަމަށް ފުރިހަމައަށް ސަމާލުކަން ނުދީފި ނަމަ ގިނަބައަކު މަރުވެދާނެ ކަމުގެ ބިރު އެބައޮތްކަން ޕާކިސްތާނުގެ ޞިއްޙީ އޮފިޝަލުން ގެންދަނީ ހާމަކުރަމުންނެވެ.
މިއަދު އޮންލައިން