އިންޑިއާގައި ކިރުގެ ބާވަތްތައް ގަޑުބަޑުކުރާ މީހުން އުމުރަށް ޖަލަށް ލުމަށް ސްޕްރީމް ކޯޓުން ތާއީދުކޮށްފިއެވެ.
މިމައްސަލަ ކުރިމަތިވީ އިންޑިއާގައި ވިއްކާ ކިރުގެ ވާވަތްތަކުގެތެރެއިން 68 އިންސައްތައަކީ ގަޑުބަޑުކޮށްފައި ހުންނަ ކިރުކަން 2011 ވަނަ އަަހަރު ކުރި ދިރާސާއަކުން ސާބިތުވުމުންނެވެ.
ކިރު ގަޑުބަޑުކުރާ ކުންފުނިތަކުގެތެރޭގައި އެންމެ މަޝްހޫރު ބައެއް ކުންފުނިތައްވެސް ހިމެނެއެވެ.
ކިރު ގަޑުބަޑުކުރުމަކީ ޞިއްޙީ ގޮތުން ބޮޑެތި މައްސަލަތައްވެސް ކުރިމަތިވަމުން އަންނަކަމެކެވެ. ބައެއް މައްސަލަތަކާއި ގުޅިގެން އެތައް ބައަކު މަރުވުމާއި ބޭރަށް ހިންގުމާއި ހޮޑުލެވުން ފަދަ ބަލިތައްވެސް ޢާންމުވެއެވެ.
ސްޕްރީމް ކޯޓުން މިފަދަ އަދަބަކަށް ތާއީދުކުރީ ކަމުގެ ބޮޑުކަމުން ކަމަށް ޤަބޫލުކުރެވެއެވެ.