މިޞުރުގެ ކުރީގެ އިސް މުފްތީ، ޝައިޚް ޢަލީ ގޯމާ ބަޑީގެ ހަމަލާއިން ސަލާމަތްވެވަޑައިގެންފިއެވެ.
މިޞުރުގެ ހުޅަނގު ސަރަހައްދެއްގައި ހުރި މިސްކިތެއް ކަމަށްވާ ފާދިލްމިސްކިތަށް ޝައިޚް ހުކުރަށް ވަޑައިގަންނަވަނިކޮށް ބަޑިން ހަމަލާދިނީ ފިލައި ޕާޖެއްގައި ތިބި ދެމީހެކެވެ. ހަމަލާގައި ޝައިޚްގެ ބޮޑީގާޑަކަށް ވަނީ ކޮންމެވެސް ވަރަކަށް އަނިޔާވެފައެވެ.
ޝައިޚް ވިދާލުވީ މިއީ ބަޑީގެ ހަމަލާތައް އެމަނިކުފާނަށް އަމާޒުކުރި ފުރަތަމަ ފަހަރު ނޫން ކަމަށެވެ. މަރުގެ އިންޒާރު ކޮންމެ ދުވަހަކުވެސް ލިބިވަޑައިގަންނަވާ ކަމަށެވެ.
ހަމަލާ ދިނުމަށްފަހު ހަމަލާ ދިން ދެމީހުން ވަނީ ފިލައިފައެވެ.