ޕޯކްމަން ގޯ ނުބެލުމަށާ ނުކުޅުމަށް މެލޭސިޔާގެ އިލްމުވެރިން ގޮވާލައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ޕޯކްމަން ގޯ ނުބެލުމަށާ ނުކުޅުމަށް މެލޭސިޔާގެ އިލްމުވެރިން ގޮވާލައްވައިފި
ބައެއް ޤައުމުތަކުގައި މިހާރުވެސް ބޮޑު ތަރްޙީބެއް ލިބިފައިވާ ޕޯކްމަން ގޯ ގޭމް ނުބެލުމަށާއި ނުކުޅުމަށް މެލޭސިޔާގެ ދީނީ އިލްމްވެރިން ގޮވާލައްވައިފިއެވެ.

ދީނީ އިލްމުވެރިން މިކަން ބަޔާންކުރައްވަމުން ވިދާޅުވެފައިވަނީ ޕޯކްމަން ގޯ އިން ފެންނަ ތަކެއްޗާއި ކަންކަން ބެލުމަކީ ޖުވާކުޅުމަށް ހިތްވަރުލިބޭ ކަމެއް ކަމަށެވެ. އަދި އެގޭމުގެ ސަބަބުން ޖުވާކުޅުމަށް ޝައުޤުވެރިކަން އިތުރުވާނެ ކަމަށެވެ.

މެލޭސިޔާއަށް އަދި އެ ގޭމް ތައާރަފްކޮށްފައެއް ނުވެއެވެ. ދިނީ އިލްމުވެރިން ވަނީ އެގޭމް މެލޭސިޔާގައި ހުއްދަ ނުކުރުމަށް އެދިވަޑައިގެންފައެވެ.

މެލޭސިޔާގެ ދީނީ އިލްމުވެރިން މިމޭރުމުން ބަޔާންކުރައްވާއިރު ސައުދިއަރަބިޔާގެ ދީނީ އިލްމުވެރިން ވިދާޅުވެފައިވަނީ އެ ގޭމަކީ ކަލަކު ވޮޑިގެން ނުވާކަމަށް ދައުވާކުރި ޑާރވިންގެ ތިއަރީ ޕްރަމޯޓްކުރާ ގޭމެއް ކަމަށެވެ. އެހެންކަމުން ޕޯކްމަން ގޯ އަކީ އިސްލާމީ އުޞޫލުތަކާ ކަނޑައެޅިގެން ޚިލާފް އެއްޗަކަށްވާތީ ސައުދީ ދީނީ އިލްމުވެރިން ވަނީ އެ ގޭމް ބޭނުންކުރުން މަނާ ކުރައްވައިފައެވެ.

ޕޯކްމަން ގޯގެ ގޭމުތަކުގައި މިސްކިތްތަކުގެ ޙުރުމަތް ކަނޑައި މިސްކިތްތަކުގައި ތަޅާފޮޅާތަން ދެއްކުމުގެ އިތުރުން އެފަދަ ގޮތަކަށް ޙަރަމްފުޅުގެ ބައިތައްވެސް ވަނީ ބޭނުންކޮށްފައެވެ.

އެހެންކަމުން ޕޯކްމަން ގޭމަކީ އިސްލާމް ދީނާއި ދެކޮޅަށް ފަށާފައިވާ ފިނި ހަނގުރާމައެއް ކަމަށް ވަނީ ބެލެވިފައެވެ.
މިއަދު އޮންލައިން