އެޕްރިލް މަހުގެ 1 ވަނަ ދުވަހެވެ. އެމީހުން ޤަބޫލުކުރާ ގޮތުގައި ސަމާސަ ދޮގު ހެދުމާ މޮޔަ ހެއްދުމުގެ ދުވަހެވެ. އެހެންކަމުން ޗޮޕޭ އޭނާގެ ބޮސް އާއި ސަމާސަކޮށްލީ ވިއެގެރާ ގުޅައަކުންނެވެ. ބޮސްގެ ޖޫސްތަށްޓަށް ބޮސްއަށް ސިއްރުން ވިިއަގަރާ ގުޅައެއް ވައްޓައިލީއެވެ.
ޗޮޕޭ ބޮސްއަށް ވިއަގަރާ ގުޅަ ދިނީ އެއީ ޖިންސީ ގޮތުން ބާރުގަދަކުރާ ބޭހަކަށްވާތީއެވެ. އެއްވެސް ދެރައެއް ދޭކަށް ނޫނެނެވެ. ނަމަވެސް ވިއަގަރާ ބޭނުންކުރެވޭނީ އެކަމަށް ޞިއްޙަތު ތަންދޭނަމައެވެ.
ހިތުގެ ބައްޔާއި ލޭ މައްޗަށް ދިއުމާއި ލިވަރ އާއި ފުއްޕާމޭގެ ބަލި ހުންނަ މީހުން ވިއަގަރާ ބޭނުންކުރުމަކީ މަރާއި ވެސް ކުރިމަތިލާންޖެހޭ ކަމެއް ނަމަވެސް ޗޮޕޭ އެކަމަށް ވިސްނައިލައިފައެއް ނެތެވެ.
ކޮންމެއަކަސް ޗޮޕޭ ދިން ވިއަގަރާ ގުޅަ ވެގެން ދިއައީ ޗޮޕޭގެ ބޮސް މަރުވި ސަބަބަށެވެ. ޝަރީއަތް ފެށިގެން ގޮސް ހުކުމާއި ހަމައަށް ދަނީއެވެ.
ޗޮޕޭއަށް ވަނީ ހަތަރު އުދަރެސް ފެނުޖެހިފައެވެ. ފަނޑިޔާރުން އޭނާއަށް އިއްވައިފާނެ ޙުކުމަކާއިމެދުގައެވެ. ކުރި ސަމާސައެއްގައި ނަމަވެސް އޭނާގެ ބޮސް މަރުވީ އޭނާއަށް ކުރެވުނު ކަމެއްގެ ސަބަބުން ކަމަށްވާތީއެވެ.