ޕާކިސްތާނުގެ ހޮސްޕިޓަލަކަށް ޖާނުން ފިދާވެގެން މިއަދު ދިން ހަމަލާގައި ޑޯން ނިޔުސްގެ ޒުވާން ކެމެރާމަން މަޙްމޫދް ޚާން އާއި އާޖް ޓީވީގެ ކެމެރާމަން ވެސް ވަނީ މަރުވެފައެވެ.
ސެކިޔުރިޓީ ގާޑުކަމުން ކެމެރާމަނަކަށް ބަދަލުވި މަޙްމޫދަކީ އޭނާގެ ބޭބެގެ 3 ދަރިންނާއިއެކު އޭނާގެ ޢާއިލާ ވެސް ބަލަހައްޓަމުން ގެންދާ ތަޤްވާވެރި ޒުވާނެކެވެ.
އޭނާގެ ހިތްވަރުން ކިޔަވަމުން ގޮސް އޭނާ މަރުވިއިރު ދިއައީ މާސްޓަރސް އިން މާސް ކޮމިޔުނިކޭޝަން އިމްރިހާނުގައި ބައިވެރިވުމަށް ތައްޔާރުވަމުންނެވެ.
މިހަމަލާދީފައިވަނީ ގިނަ އަދަދެއްގެ ނޫސްވެރިން ހޮސްޕިޓަލކުގައި ހަކާތްތެރިވަމުންދިއަ ވަގުތެއްގައެވެ.