ޕާކިސްތާނުގެ ޤެއްތާ ގައި ހުރި ހޮސްޕުޓަލަށް ޖާނުން ފިދާވެގެން މިއަދު ދިން ހަމަލާގފައި މަރުވި މީހުންގެ އަދަދު 63 އަށް އަރާފައިވާއިރު އެއިގެ ތެރޭގައި ގިނަ އަދަދެއްގެ ޤާނޫނީ ވަކީލުން ހިމެނިއްޖެއެވެ. މިހާދިސާގައި އެތައް ބައަކު ވަނީ ޒަޚަމްވެފައެވެ.
ޖާނުން ފިދާވެގެން މިހަމަލާދިނީ ބަލަޗިސްތާނުގެ ބާރ އެސޯސިއޭޝަނުގެ ޕްރެޒިޑެންޓް ގެގައަށް ބަޑި ޖަހައި މަރައިލުމުން ގިނަ އަދަދެއްގެ ޤާނޫނީ ވަކީލުންނާއި ޢާންމުން ހޮސްޕިޓަލުގައި ހަރަކާތްތެރިވަމުންދިއަ ވަގުތެއްގައެވެ.
ރިޕޯޓްތައް ބުނާ ގޮތުން ގިނަ އަދަދެއްގެ ވަކީލުންނާއި އާންމުން އިމަރޖެންސީ ކޮޓަރި ކައިރިއަށް ދިއަ ވަގުތު އެތަނުގައި ހުރެފައި މީހަކު އޭނާގެ ހަށިގަނޑު ގޮއްވައިލީއެވެ.
ބަލަޗިސްތާނުގެ ޗީފް މިނިސްޓަރ ޖެއޯ ޓީވީއަށް ދެއްވި އިންޓަރވިޔުއެއްގައި މިހާދިސާގެ ޒިންމާ އަޅުވާފައިވަނީ އިންޑިއާގައެވެ. ޗީފް މިނިސްޓަރު ވިދާޅުވީމިއީ އިންޑިއާގެ "ރޯ" އިން ދިން ހަމަލާއެއް ކަމަށެވެ.
ހަމަލާ އާއި ބެހޭ އެއްވެސް ތަޙްޤީޤެއް ނުކޮށް، ހަމަލާދިނުމާއިއެކު ވަގުތުން ޗީފް މިނިސްޓަރު މިފަދަ ކަމެއް ހާމަކުރެއްވުމުން ގިނަ ސުވާލުތަކެއް ވަނީ އުފެދިފައެވެ.