އިންޑިއާގެ ސެންޓްރަލް ބޭންކަށް 3.4 ބިލިއަން ރުޕީސް އުފުލި ރޭލަކުން ވައްކަންކޮށް ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފިއެވެ. ބައެއް ރިޕޯޓްތަކުގައި ބުނާ ގޮތުން ބިލިއަނަކަށްވުރެ ގިނަ ރުޕީސް ވަނީ ވަގަށް ނަގައިފައެވެ.
ޗެންނާއީން ފުރައިގެން ދަތުރުކުރި ރޭލުން ވައްކަންކުރީ ފައިސާ ހުރި ބައިގެ މަތީގައި ލޯވަޅެއް އަޅައި އެތަނުން ފައިސާ ނެރެގެންނެވެ. ފައިސާ އާއި ހަވާލުވެގެން ތިބި ސިފައިން ހަތިޔާރާއިއެކު އެކު ރޭލުގެ ޚާއްޞަ ބައެއްގައި ފާރައަށް ތިއްބެވެ.
ފުލުހުން ބުނީ ވަގުން މިކަންކުރި ގޮތެއް އަދި ޔަޤީން ނުކުރެވޭ ކަމަށެވެ. އެއްގޮތަކީ ރޭލު ދުއްވަމުން ދަނިކޮށް މަތިން ލޯވަޅު އެޅުން ކަމަށެވެ. އަނެއް ގޮތަކީ ކުރިއާލައި އެބައިގައި ފިލައި ތިބެގެން ވައްކަން ކުރުން ކަމަށެވެ.
ވަގުން ވަނީ 4 ފޫޓު، 4 ފޫޓުގެ ބާގަނޑެއް ހަދާފައެވެ. އެވަރުގެ ކަމެއް ކުރިއިރު ރޭލުގެ އެއްވެސް ގާޑަކަށް ހަމަ އެއްވެސް އަޑެއްވެސް ނުއިވެނީކަންވެސް ފުލުހުން ގެންދަނީ ބަލަމުންނެވެ.