މިއަހަރު ހައްޖަށް ދާ މީހުންގެ ސަލާމަތާއި ރައްކައުތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާއިމެދު ސައުދީ ސިވިލްޑިފެންސުން މަޝްވަރާކޮށްފިއެވެ.
މިކަމަށްޓަކައި ބޭއްވި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވަނީ މަގުމަތީގައާއި ޙަރަމްފުޅުގެ ސަރަހައްދުތަކުގައި ތޮއްޖެހުމުންނާއި ހައްޖުވެރިން ތިބޭ ހޮޓާތަކުގައި ހިނގައިފާނެ ހާދިސާތަކުން ޙައްޖުވެރިން ސަލާމަތްކުރުމާއިބެހޭގޮތުންނެވެ.
މިދިއަ އަހަރުގެ ހައްޖު މޫސުމުގައިވެސް އަލިފާނުގެ 3 ހާދިސާއެއް ހޮޓާތަކުގައި ހިނގާފައިވާތީ އެފަދަ ކަންކަމަށް ސަމާލުކަންދީ ވީހައި އަވަހަކަށް ފިޔަވަޅު އެޅޭނެ ގޮތްތަކަށް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.
ޢާންމު ގޮތެއްގައި ހައްޖުވެރިންނަށް އެންމެ ބޮޑެތިި މައްސަލަތައް ކުރިމަތިވަމުން ދަނީ 7 ޖަމްރާއަށް ހިލައުކަން ދިއުމުގައާއި ހިލައުކަން އުޅުމުގައި ކުރިމަތިވާ މައްސަލަތަކުގެ ސަބަބުންނެވެ. އެހެންކަމުން މިނާގައި ރައްކާތެރިކަމުގެ އިތުރު ފިޔަޅުތައް މިއަޖަރު އަޅަން ވެސް ވަނީ މަޝްވަރާކޮށްފައެވެ.