ސައުދިއަރަބިޔާގެ ބުރައިދާގެ ޝޮޕިންގ މޯލެއްގައި ޙިިޖާބް އަޅައިގެން އުޅުނު ދެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
މި ދެ މީހުން ހައްޔަރުކުރީ ޢާންމު ފަރާތްތަކަކުން އެމީހުންނާއިމެދު ޝައްކުކުރެވިގެން ފުލުހުންނަށް ކުރި ރިޕޯޓަކާއި ގުޅިގެންނެވެ.
މި ދެ މީހުން ޝިޕިންގ މޯލުގެ މިސްކިތަށް ގެންގޮސް ބަލައިފާސްކުރިއިރު ދެ މީހުންވެސް ތިބީ ލިޕްސްޓިކްވެސް ޖައްސައި އަންހެނުން ކަމަށް ހެދިގެންނެވެ.
ސައުދީގައި ފިރިހެނުން އަންހެނުނުން ކަމަށް ހެދި، އަންހެނުން ލާފަދަ ހެދުން ލައިގެން އުޅުމަކީ ކުށްވެރިވާ ކަމެކެވެ. އެފަދަ މީހުން ޖަލަށް ލުމަށާއި ހައްދުޖެހުމަށް ކޯޓުން ޙުކުމް ކުރެއެވެ.
އަންހެނުން ލާފަދަ ހެދުން ލައިގެން ފިރިހެނުން އުޅުމަކީ އިސްލާމް ދީން ހުއްދަކުރާ ކަމަކަށް ނުވާތީ އަންހެނުންގެ ހެދުން ލައިގެން ސޯޝަލް މީޑިއާގައި ފޮޓޯ ޢާންމުކުރި ފިރިހެނަކު ދާދި ފަހުން ވަނީ 800 އެތިފަހަރުން ތައުޒީރުކޮށް 2 އަހަރު ދުވަހަށް ޖަލަށް ލައިފައެވެ.