ޢާންމުކޮށް މައްކާއަށް ވަނުން މަނާކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
ޢާންމުކޮށް މައްކާއަށް ވަނުން މަނާކޮށްފި
މީހުން ޢާންމުކޮށް މައްކާއަށް ވަނުން މަނާކޮށްފިއެވެ. މައްކާއަށް މިހާރު ދެވެނީ މައްކާގައި ދިރިއުޅޭ މީހުންނަށާއި މައްކާގައި މަސައްކަތްކުރާ މީހުންނަށާއި ޙައްޖުވެރިންނަށެވެ.

ސައުދިއަރަބިޔާއިން ބުނެފައިވަނީ މިފަދަ ފިޔަވަޅެއް އެޅީ މައްކާ ސަރަހައްދުގައި ތޮއްޖެހުން ކުޑަކޮށް، ހައްޖުވެރިންނަށް ކަންކަން ފަސޭހަކޮށްދިނުމުގެ ގޮތުން ކަމަށެވެ.

ސައުދީ ސަރުކާރުން ވަނީ މާއްކާ އާއި މަދީނާގެ ދެ ހަރަމްފުޅުގެ ސަރަހައްދު ބޮޑުކުރުމަށް ވަރަށް ބޮޑު ހޭދައެއް ކޮށްފައެވެ. އަދި މިހާރުވެސް ގެންދަނީ އެކަމަށް ހޭދަކޮށް މަސައްކަތް ކުރަމުންނެވެ.

ސައުދީ ސަރުކާރުން ބުނެފައިވަނީ އެކަންކަމުގެ ފައިދާ ޙައްޖުވެރިންނަށް އެންމެ ފުރިހަމަ ގޮތުގައި ކުރާނީ މައްކާގެ ސަރަހައްދުގައި ތޮއްޖެހުން ކުޑަކުރެވިގެން ކަމަށެވެ.

ހައްޖުވެރިން ޠާއިފަށް ދިއުމާއި އެނބުރި މައްކާއަށް އައުން މަނައެއް ނުކުރެއެވެ. ނަމަވެސް ޠާއިފުގެ ރައްޔިތުންނަށްވެސް ޙައްޖުވުމުގެ ކާޑު ނެތި މައްކާއަށް ދިއުން ވަނީ މަނާކޮށްފައެވެ.

ސައުދިއަރަބިޔާއިން މިފަދަ ފިޔަވަޅެއް އަޅާފައި މިވަނީ ރައްކައުތެރިކަމުގެ ގޮތުންވެސް މިފަދަ ފިވަޅެއް އަޅަންޖެހިފައިވާ ވަގުތެއްގައިކަން ފާހަގަކުރެވެއެވެ.

ޖާނުން ފިދާވެގެން ރަމަޟާންމަހު މަސްޖިދުއްނަބަވީއަށް ދޭން މަސައްކަތްކުރި ހަމަލާގައި ސިފައިންގެ 4 މީހަކު ވަނީ ޝަހީދުވެފައެވެ. އުމުރާއަށް ގޮސް ތިބި އެއްވެސް މީހަކަށް އެއްވެސް ގެއްލުމެއް ނުލިބުނީ ޓެރަރިސްޓުންނަށް މަސްޖިދުއްނަބަވީގެ ސަރަހައްދަށް ވަނުމުގެ ފުރުޞަތު ސަލާމަތީ ބާރުތަކުން ނުދިނުމުންނެވެ.
މިއަދު އޮންލައިން