ޕާކިސްތާނުގަ ބޮމެއް ގޮއްވާލުމުން 13 ސިފައިން ޒަޚަމްވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
ޕާކިސްތާނުގަ ބޮމެއް ގޮއްވާލުމުން 13 ސިފައިން ޒަޚަމްވެއްޖެ
ޕާކިސްތާނުގައި ބޮމެއް ގޮއްވާލުމުން 13 ސިފައިން ޒަޚަމްވެއްޖެއެވެ.

ރިޕޯޓްތައް ބުނާގޮތުން ބޮން ގޮއްވައިލީ ސިފައިންގެ ބައަކު ގޮވައިގެން ދަތުރުކުރި ވެޖިކަލަކަށް އަމާޒުކޮށެވެ. ވެހިކަލަށް ބޮޑެތިގެއްލުންތަކެއް ލިބުނު ނަމަވެސް ޑްރައިވަރު ވަނީ އޭގައި ތިބި ސިފައިން ގޮވައިގެން ވެހިކަލުގައި ހޮސްޕިޓަލަށް ގޮސްފައެވެ.

މިހަމަލާ ދީފައި ވަނީ ފަނޑިޔާރެއްގެ ކާރުވެސް އެ ސަރަހައްދުން ދަތުރުކުރި ވަގުތެއްގައެވެ. ނަމަވެސް ބެލެވެނީ ހަމަލާ އަމާޒުކުރީ ސިފައިންގެ ވެހިކަލަށް ކަމަށެވެ.

ހަމަ އެސަރަހައްދުގައި ހޮސްޕިޓަލެއްގައި ބުދަ ދުވަހު ޖާނުން ފިދާވެގެން ދިން ހަމަލާއެއްގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 74 އަށް އަރައިފައެވެ. އެއިގެ ތެރޭގައި ގިނަ އަދަދެއްގެ ޤާނޫނީ ވަކީލުން ވެސް ހިމެނެއެވެ.

ޕާކިސްތާނުގައި ދެމުން ގެންދާ މިފަދަ ހަމަލާތައް އިތުރުވަމުން އަންނާތީ ގިނަ ބައަކު ގެންދަނީ ބޮޑުވަޒީރު ނަވާޒް ޝަރީފާއި ދެކޮޅަށް އަޑު އުފުލަމުންނެވެ.
މިއަދު އޮންލައިން