އުރްދްންގެ ލިޔުންތެރިއަކު ހާމަކުރި ކާޓޫނެއްގެ މައްސަލަ ހޫނުވެ ބަންދުކުރުމަށް އަމުރު ނެރެފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
އުރްދްންގެ ލިޔުންތެރިއަކު ހާމަކުރި ކާޓޫނެއްގެ މައްސަލަ ހޫނުވެ ބަންދުކުރުމަށް އަމުރު ނެރެފި
އުރްދްންގެ ލިޔުންތެރިއަކު ހާމަކުރި ކާޓޫނެއްގެ މައްސަލަ ހޫނުވެ ބަންދުކުރުމަށް އަމުރު ނެރެފިއެވެ.

ހުކުރު ދުވަހު، ލިޔުންތެރިޔާ ނާހިދް ހައްތާރު ބަންދުކުރުމަށް ކޯޓުން އަމުރު ނެރުނީ ޖަވާބުދާރީވުމަށް ދިން ފުރުޞަތުގައި ކޯޓަށް ހާޒިރު ނުވުމުންނެވެ.

އޭނާގެ އަމިއްލަ ފޭސްބުކްގައި ހާމަކުރި ކާޓޫނެއްގައި ދައްކަނީ އައިއެސްގެ ހަނގުރާމަވެރިއަކު ދެ އަންހެނުން ކައިރީލައިގެން އިނދެ "ﷲގެ ޙަޟްރަތުން ބުއިމަކަށް" އެދޭތަނެވެ.

އޭނާ ބުނީ އެ ކާޓޫނު އޭނާ ހާމަކުރީ އެއްވެސް މުސްލިމަކަށް ގޯނާކުރަން ނޫން ކަމަށާއި އައިއެސްގެ ހަނގުރާމަވެރިންގެ އަމަލުތައް ހާމަކުރަން ކަމަށެވެ.

މިމައްސަލަ އާއި ގުޅިގެން ބައެއް ލިޔުންތެރިން ބުނެފައިވަނީ މާތްﷲ އާއި ގުޅުވައިގެން އެފަދަ ލިޔުން ނުވަތަ ކުރެހުން ހާމަކުރުމުން މުސްލިމުން ރުޅި އަންނާނެކަން އެނގެންޖެހޭނެ ކަމަށެވެ. އެވަރު ނުވިސްނުނުކަން އެއީ މޮޔަކަން ކަމަށެވެ.
މިއަދު އޮންލައިން