މުޅި ކޮލެޖުން 1 ވަނަ، ކޮލެޖަށް ކުދިން އުފުލާ ބަސް ޑްރައިވަރުގެ ދަރިފުޅު ހޯދައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
މުޅި ކޮލެޖުން 1 ވަނަ، ކޮލެޖަށް ކުދިން އުފުލާ ބަސް ޑްރައިވަރުގެ ދަރިފުޅު ހޯދައިފި
ޔޫއޭއީގެ ކޮލެޖެއް ކަމަށްވާ އަބޫދާބީގެ އެމިރޭޓްސް ކޮލެޖް އޮފް ޓެކްނޮލޮޖީން ހިންގި ބީބީއޭ (މެނޭޖްމަންޓް) ކޯހުން ވަރަށް ފަޚުރުވެރި 1 ވަނަ ކޮލެޖަށް ކުދިން އުފުލާ ބަސް ޑްރައިވަރުގެ ދަރިފުޅު ހޯދައިފިއެވެ.

ފާޠިމާ އަލްރައިސީ ކޯހުން 1 ވަނަ ހޯދީ ލިބެންޖެހޭ 4 ޕޮއިންޓުގެ ތެރެއިން 3.99 މާކްސް ހޯދައިގެންނެވެ. އެހެންކަމުން، މިއީ ހޯދޭނެ އެންމެ މަތީ މާކްސް އެވެ.

ފާތިމާގެ ބައްޕައަކީ ޕާކިސްތާނުގެ ރައްޔިތެކެވެ. ފާޠިމާގެ އިތުރުން 3 ދަރިންނަށް ކިޔަވައިދޭންޖެހޭތީ ވަރަށް ދަތި ހާލުގައި ދިރިއުޅޭ މީހެކެވެ.
ފާޠިމާ އައީ ގްރޭޑް 1 އިން ފެށިގެން ކްލާހުން ،1 2 ވަނަ ހޯދަމުންނެވެ. ނުކައި ހުރެގެންވެސް ފާޠިމާއަށް ކިޔަވައިދޭން ގަދައަޅައި މަސައްކަތް ކުރުމުގެ ހިތްވަރު ބައްޕައަށް ލިބުނީ ފާޠިމާ ހޯދަމުން ގެންދިއަ ކާމިޔާބީތަކުންނެވެ.

ފާޠިމާއަށް ވަޒީފާގެ ފުރުޞަތު ދޭން ބޮޑެތި ކުންފުނިތަކުން މިހާރުވެސް ތިބީ ތައްޔާރަށެވެ. އެހެންކަމުން ފާޠިމާ ވެގެންދާނީ ޢާއިލާގެ ހާލަތު ހައިހޫނުކަމުން ތިޔާގި ކަމަށް ބަދަލުކޮށްލާނެ ދަރިއަކަށެވެ.

ފާޠިމާ ފަދަ ކުއްޖަކު ހޯދި ބޮޑު ކާމިޔާބީގެ އަގު ވަޒަންކޮށް ގިނަ ބައަކު މިހާރުވެސް ގެންދަނީ ފާޠިމާއަށް ހަދިޔާ ދެމުންނެވެ.
މިއަދު އޮންލައިން