ދާދި ފަހުން ޕާކިސްތާނުގައި ކުއްލި ގޮތަކަށް މަރުވި ސާމިއާ، މަރައިލީ ކަމަށާއި މަރައިލީ ސާމިއާގެ މިހާރުގެ ފިރިމީހާ ދޫކޮށް ވަރިވާން އެއްބަސް ނުވުމުން ކަމަށް ސާމިއާ އެންމެ ފުރަތަމަ ކައިވެނި ކުރި ސައިދު މުޚްތާރު ޤާސިމް އެއްބަސްވެއްޖެއެވެ.
ސައިދު ބުނީ ސާމިއާ އާއި އޭނާ ބައްދަލުކޮށް މިހާރުގެ ފިރިމީހާ އާއި ވަކިވާން އެދުނިން ކަމަށާއި އެކަމަށް އޭނާ ދެކޮޅު ހެދީ ކަމަށެވެ. އެހެންކަމުން އޭނާއަށް ނުއަންގައި އޭނާއަށް ޑްރަގެއް ދިނުމަށްފަހު މަރައިލީ ކަމަށެވެ.
ސައިދު ބުނީ އޭނާ ސާމިއާ ދެކެ ވަރަށް ލޯބިވާ ކަމަށެވެ. އެހެންކަމުން ޝާހިދު އާއިއެކު ދިރިއުޅެން ދޫކޮށްލަން ބޭނުން ނުވީ ކަމަށެވެ.
ސާމިއާ އަކީ އިނގިރޭސި ވިލާތުގެ ރައްޔިތަކަށްވެފައިވާ އަންހެނެކެވެ. އެއިރު ޕާކިސްތާނުގައި ހުރީ ޢާއިލާ އާއި ބައްދަލުކުރުމަށެވެ.
އެމީހަކު ބޭނުން މީހަކާ ބައްދަލުކުރުމުގެ މިނިވަންކަން އޮންކަމަށް ބުނެވިދާނެއެވެ. ނަމަވެސް އިސްލާމް ދީނުގައި އެކަހެރިކަމާއިއެކު ބައްދަލުކުރުން ހުއްދަ ނޫން ފަރާތްތަކާއި ބައްދަލު ނުކުރާނަމަ މިބާވަތުގެ މައްސަލަތަކުން ސަލާމަތްވެވޭނެއެވެ.