13 ދުވަސްވީ ކޮއްކޮ ރޯތީ 6 އަހަރުގެ ބޭބެ ކޮއްކޮ ގައިގާ ތަޅާ މަރާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
13 ދުވަސްވީ ކޮއްކޮ ރޯތީ 6 އަހަރުގެ ބޭބެ ކޮއްކޮ ގައިގާ ތަޅާ މަރާލައިފި
13 ދުވަސްވީ ކޮއްކޮ ރޯތީ 6 އަހަރުގެ ބޭބެ ކޮއްކޮ ގައިގާ ތަޅާ މަރާލައިފިއެވެ.

އެމެރިކާގެ ފްލޮރިޑާގައި މިހާދިސާ ހިނގަން މަދުވެރިވީ މަންމައަކު 6 އަހަރުގެ ކުއްޖަކާއި 3 އަހަރުގެ ކުއްޖަކާއި އަދި 13 ދުވަސްވީ ކުއްޖަކު ވޭނުގައި ބެއިތިއްބުމަށްފަހު ވޭން ތަޅުލާފައި ފިހާރައަކަށް ވަނުމުންނެވެ.

މަންމަ ސްޓީލް ބުނީ އޭނާ ފިހާރައިގައިވީ އެންމެ 10 ވަރަކަށް މިނިޓް ކަމަށާއި އާންމުކޮށް އޭނާ ބާޒާރަށް ދަނީ ކުދިން ގޮވައިގެން ކަމަށެވެ. އަދި ފިހާރަތަކަށް ވަންނަނީ ކުދިން ވޭނުގައި ތަޅުލުމަށްފަހު ކަމަށެވެ.

މިހާދިސާގައި އާދައާއި ޚިލާފުކަމެއް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. އެއީ މަންމަ އެނބުރިއައުމުން ވޭނުގައި ތިބި ދެ ބެން އެކަން ހިނގައިދިއަ ގޮތް މަންމައަށް ކިޔައި ދިން ނަމަވެސް މަންމަ ތުއްތު ދަރިފުޅު ޑޮކްޓަރަކަށް ދެއްކީ 2 ގަޑިއިރުފަހުން ކަމެވެ.

މަންމަ ބުނީ އޭނާ އިސްކަން ދިނީ އޭނާ އެވަގުތު ކުރަންހުރި ކަންކަމަށް ކަމަށެވެ. އަދި އެކަންކަން ނިމިގެން ގެއަށް ދިއައިރު ދަރިފުޅުގެ ކުލަ އޮތީ ނޫކުލައަށް ބަދަލުވެފައި ކަމަށެވެ. "އަހަރެން ކްލިނިކަށް ދިއައީ އެހިސާބުން. ޑޮކްޓަރު ބުނީ ދަރިފުޅު އޮތީ މަރުވެފައި ކަމަށް."

މަންމަ ފުލުހުންގެ ބެލުމުގެދަށުން ކޯޓަށް ހާޒިރުކުރުމުން 100،000 ޑޮލަރު އަތުލުމަށްފަހު މިހާރު ވަނީ ބޭލް އުޞޫލުން މިނިވަންކޮށްފައެވެ.
މިއަދު އޮންލައިން