އޯވަރޑޯޒްކޮށް ލީތަލް އިންޖެކްޝަން ޖަހައި 6 މީހުން މަރައި ސިއްރުން ވަޅުލި އިންޑިއާ ޑޮކްޓަރަކު އަތުލައިގެންފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
އޯވަރޑޯޒްކޮށް ލީތަލް އިންޖެކްޝަން ޖަހައި 6 މީހުން މަރައި ސިއްރުން ވަޅުލި އިންޑިއާ ޑޮކްޓަރަކު އަތުލައިގެންފި
އޯވަރޑޯޒްކޮށް ލީތަލް އިންޖެކްޝަން ޖަހައި 6 މީހުން މަރައި ސިއްރުން ވަޅުލި އިންޑިއާ ޑޮކްޓަރަކު އިންޑިއާގެ މަހަރަސްތުރާގެ ފުލުހުން އަތުލައިގެންފިއެވެ.

މީނާ އަތުލައިގަތީ އޭނާއަށް ދެއްކި ބަލިމީހަކަށް ވީގޮތެއް ނުއެނގިގެން ފުލުހުންނަށް ހުށަހެޅި މައްސަލައަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.

އޭނާ މެރި މީހުންގެ ތެރެއިން 5 މީހެއްގެ ހަށިގަނޑު ފުލުހުން މިހާރު ވަނީ ހޯދައިފައެވެ. 3 މީހެއްގެ ހަށިގަނޑު ފެނުނީ އޭނާގެ ގޯތިތެރޭގައި ވަޅުލާފައި ވަނިކޮށެވެ. 2 މީހެއްގެ ހަށިގަނޑު ފެނުނީ ކައިރީ ސަރަހައްދަކުންނެވެ. މީގެ ތެރޭގައި ހިމެނީ 4 އަންހެނެއްގެ ހަށިގަނޑާއި ފިރިހެނެއްގެ ހަށިގަނޑެވެ.

ފުލުހުން ބުނީ ތަޙްޤީޤުގައި ޑޮކްޓަރު ވާހަކަ ދައްކަނީ އެކި ގޮތަށް ކަމަށާއި އެހެންކަމުން އެކަން ކުރި ސަބަބު އަދި ޔަޤީން ނުކުރެވޭ ކަމަށެވެ.

އޭނާ ބޭނުންކޮށްފައިވަނީ އަލަށް އުފެއްދި އިންޖެކްޝަނަކަށްވުމުން އެކަން ކުރީ އިންޖެކްޝަން އުފެއްދި ކުންފުނީގެ ބޭނުމަކަށްކަމަށްވުމުގެ ފުރުޞަތުވެސް އެބައޮތެވެ.

މީގެ ތެރެއިން ބައެއް މީހުން މެރުމުގައި އެހީތެރިވި ނަރުހަކުވެސް ވަނީ އަތުލައިގަނެވިފައެވެ. އޭނާގެ މައްސަލަ ވެސް ގެންދަނީ ތަޙްޤީޤް ކުރަމުންނެވެ.
މިއަދު އޮންލައިން