އިންޑިއާގެ ފަޤީރު އަވަށެއްގައި ދިރިއުޅުނު ދޭވީ ސްޓޭޓް ބޭންކް އޮފް އިންޑިއާ އިން 21،000 ރުޕީސްގެ ލޯނެއް ނެގީ ޢާމްދަނީ ހޯދާނެ މަސައްކަތެއް ކުރުމަށެވެ. ނަމަވެސް އެކަމަށް އޭނާގެ ފިރިމީހާގެ އެއްބާރުލުން ނުލިބުމުން ލޯނު ވެގެންދިއައީ ބޮޑު ދަރަންޏަކަށެވެ.
އެއީ މީގެ 10 އަހަރު ކުރިއެވެ. އެއިގެ 2 އަހަރު ފަހުން އޭނާއަށް ފިރިހެން ދަރިއަކު ލިބުނެވެ. ދަރިފުޅުގެ އުމުރުން 4 އަހަރުގައި ދޭވީ ވަނީ އެކްސިޑެންޓެއްގައި މަރުވެފައެވެ. ދޭވީ މަރުވުމުން ފިރިމީހާ ވަނީ އަވަށް ދޫކޮށް ފިލައިފައެވެ. އެހެންކަމުން ދަރިފުޅު، ސުދިރް ކުމާރު ގެންގުޅެ ބޮޑުކުރަމުން ގެންދަނީ އަވަށުގެ ހެޔޮއެދޭ މީހުންނެވެ.
ސުދީރަށް ދާދިފަހުން ކޯޓުން ލިބުނީ ޗިޓެކެވެ. އެ ޗިޓުގައިވަނީ ދޭވީ ނެގި ލޯނު އަދާކުރުމަށް މަދުވެގެން މަހަކު 5،000 ރުޕީސް ދައްކަން ފެށުމަށެވެ. މިޗިޓް އަވަށުގެ މީހުންނަށް ދެއްކުމުން ގިނަ ބައެއްގެ އެހީތެރިކަމާއިއެކު ސުދީރަށް 5،000 ރުޕީސް ލިބުމުން ސުދީރު ދިއައީ އެ ފައިސާ ހިފައިގެން ކޯޓަށް ދެއްކުމަށެވެ.
ކޯޓުގެ ފަނޑިޔާރުންނަށާއި އެތަނުގައި ތިބި މީހުންނަށް ލިބުނީ ކުއްލި ސިހުމެކެވެ. ވީދިފައި ހުރި ގަމީހެއް ލައިގެން ހުރި އުމުރުން 8 އަހަރުގެ މައިމަރުވެފައިވާ ކުއްޖަކު ކޯޓަށް ފައިސާ ހިފައިގެން ދިއުމުންނެވެ.
ކޯޓަށް އެފައިސާ ބަލައިގަތެވެ. ނަމަވެސް ފައިސާ ބަލައިގެންފައި ދިން ރަސީދުގައި ލިޔެފައި އޮތީ 10 އަހަރުގެ ބޮޑު އިންޓަރެސްޓާއިއެކު އިތުރަށް ދައްކަންޖެހޭ ފައިސާ ކޯޓުން މަޢާފްކޮށް އެކަން ބޭންކަށް އެންގީ ކަމަށެވެ.