މުސްލިމުންނަށް އަނިޔާކޮށް އެއްފަރާތް ކުރުމަށްފަހު 400 އަށްވުރެ ގިނަ ޔަހޫދީން މަސްޖިދުލްއަޤްޞާއަށް ވައްދައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
މުސްލިމުންނަށް އަނިޔާކޮށް އެއްފަރާތް ކުރުމަށްފަހު 400 އަށްވުރެ ގިނަ ޔަހޫދީން މަސްޖިދުލްއަޤްޞާއަށް ވައްދައިފި
މަސްޖިދުލްއަޤްޞާގައި ތިބި މުސްލިމުން ދެކޮޅު ހަދައި ހުރަސްއެޅުމުން މުސްލިމުންނަށް އަނިޔާކޮށް އެއްފަރާތް ކުރުމަށްފަހު 400 އަށްވުރެ ގިނަ ޔަހޫދީން މަސްޖިދުލްއަޤްޞާއަށް ވައްދައި މުސްލިމުންގެ 3 ވަނަ ޙަރަމްފުޅުގެ ޙުރުމަތް ކަނޑައިފިއެވެ.

އާދީއްތަ ދުވަހު ހިނގި ކުރިމަތިލުންތަކުގައި މުސްލިމުންގެ އެތައް ބައަކަށް ޔަހޫދީ ފުލުހުން ވަނީ އަނިޔާކޮށްފައެވެ. މުސްލިމް 2 ޒުވާނުން ވަނީ ހައްޔަރުކޮށްފައެވެ.

މަސްޖިދުލްއަޤްޞާގެ ބެލެނިވެރިކަން ބައިނަލްއަޤްވާމީ ގޮތުން ހަވާލުކޮށްފައިވާ އުރްދުން ވަނީ މިކަން ކުށްވެރިކޮށްފައެވެ. އަދި އިޒްރޭލުން ތަކުރާރުކޮށް މިފަދަ ކަންކަން ކުރަމުން ގެންދާތީ އެކަން ހުއްޓުވައިދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމައުގައި ވަނީ އެދިފައެވެ.

އުރްދުންގެ ރަސްގެފާނު ކިންގ ޢަބްދުﷲ ވިދާޅުވީ ޔަހޫދީންގެ ހައްދުފަހަނައަޅައިފައިވާ ޖަމާއަތްތަކުން ފުލުހުންނާއި ގުޅިގެން ހިންގާ މިފަދަ ޖަރީމާތައް ހުއްޓުވަން ކުރެއްވެން އޮތް ހުރިހައި މަސައްކަތްތަކެއް ކުރައްވަވާނެ ކަމަށެވެ.
މިއަދު އޮންލައިން