36،000 ފޫޓު މަތީގައި ވިހޭ "ހެވަން ބޭބީީ" މައްސަލަ ދުނިޔޭގެ ސަމާލުކަމަށް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
36،000 ފޫޓު މަތީގައި ވިހޭ "ހެވަން ބޭބީީ" މައްސަލަ ދުނިޔޭގެ ސަމާލުކަމަށް
ދުބާއީ ފުރައިގެން ފިލިޕިންސްއަށް ދަތުރުކުރި ސެބޫ އެއާލައިންގެ ފްލައިޓެއް 36،000 ފޫޓު މަތިން އުދުހެމުން ދަނިކޮށް ތުއްތު "ހެވަން ބޭބީ" އުފަންވުމުން އެކަން ދުނިޔޭގެ މީޑިއާތަކުގެ ސަމާލުކަމަށް އަތުވެއްޖެއެވެ.

ވިހާނީ އޮކްޓޯބަރު މަހުގައިކަމަށް ޑޮކްޓަރު ބުނުމުން އަންހެން މީހާ މަސައްކަތްކުރީ ވިހަން ޤައުމަށް ދިއުމަށެވެ. ނަމަވެސް ކަން ދިމާވިގޮތުން ފްލައިޓުމަތީގައި ބަނޑުގައި ރިއްސައިލުމަށްފަހު ކުއްލިއަކަށް ވިހެއީއެވެ.

ފަޅުވެރިން ކަންބޮޑުވެ މަސްތުރަކޮށް ފޫޅުކަނޑައިދޭނެ ޞިއްޙީ އެހީތެރިއަކަށް އެދި އަޑުގަދަކުރާއިން ގޮވަމުންދިއައިރު ފްލައިޓުގައި އިން ހަމައެކަނި ނަރުސް އިނީ ނިދާފައެވެ. އޭނާއަށް ހޭލެވުނީ ފްލައިޓުގެ ތެރޭގައި އެންމެން ކަންބޮޑުވެ ވާހަކަދައްކާ އަޑަށެވެ.

"އަނހަ! މަމިއިނީއޭ!" ބުނެ ދުވެގޮސް ކުރަންހުރި ކަންކަން ނަރުސްވަނީ ކޮށްދީފައެވެ.

ފްލައިޓުމަތީގައި ވިހެއުމުން ޢާންމުގޮތެއްގައި އެކުއްޖަކަށް މުޅި އުމުރުގައިވެސް އެފްލައިޓަކުން ހިލޭ ދަތުރުކުރެވޭނެ ގޮތް ހަދައިދެއެވެ. ނަމަވެސް ސެބޫ އެއާވޭޒް އިން ބުނީ ކުއްޖާއަށް ހިލޭ ދަތުރުކުރެވޭނެ އެއް މިލިއަން ޕޮއިންޓު ދޭނެ ކަމަށެވެ.

ފިލިޕިންސްއަށް ދެވުމާއިއެކު ކުއްޖާގެ މަންމަ އޭނާގެ ފޭސްބުކުގައި މިވާހަކަތައް ލިޔުނުއިރު އެންމެ ފަޚުރުވެރިކަމާއިއެކު ލިޔެފައިވަނީ "ބައްޕައަކު" ނެތް ދަރިފުޅަށް ހިލޭޭ ދަތުރުކުރެވޭނެ ވާހަކައެވެ. އަދި އެކުއްޖާއަށް ދީފައިވާ ނަމަކީ "ހެވަން ބޭބީ" އެވެ.
މިއަދު އޮންލައިން