އަންހެނުންގެ ހެދުން އަޅައި ރަނޑުވެގެން އުޅުނު 3 ފިރިހެނަކު ހައްޔަރުކޮށް ބޯބޭލުމަށްފަހު ޝަރީއަތަށް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 38ސ
އަންހެނުންގެ ހެދުން އަޅައި ރަނޑުވެގެން އުޅުނު 3 ފިރިހެނަކު ހައްޔަރުކޮށް ބޯބޭލުމަށްފަހު ޝަރީއަތަށް
ކުވައިތުގައި އަންހެނުންގެ ހެދުން އަޅައި ރަނޑުވެގެން އުޅުނު 3 ފިރިހެނަކު ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސް ބޯބޭލުމަށްފަހު ޝަރީއަތަށް ފޮނުވައިފިއެވެ.

ފުލުހުންނަށް އެ މީހުންގެ މައްސަލަ ފާހަގަކުރެވުނީ ޝޮޕިންގ މޯލެއްގެ ތެރޭގައި އުޅުނު 20 އަހަރުގެ 3 މީހުންގެ އަމަލުތައް ހުރިގޮތުން ބައަކަށް ޝައްކުވެގެން އެމީހުންގެ ފަހަތުން ދުވަން ފެށުމުންނެވެ.

މިފަދަ އަމަލުތައް ޢާންމު ގޮތެއްގައި ކުރަނީ އެއްޖިންސުން ގުޅުން ހިންގާ މީހުންކަމަށްވާތީ އެފަދަ މީހުން އަތުލައިގަނެވިއްޖެނަމަ ކުވައިތުގެ ފުލުހުން ގެންދަނީ ހަރުކަށި އަދަބުދެމުންނެވެ.

ޝޮޕިންގ މޯލުން އަތުލައިގަތް 3 މީހުންގެ ތެރޭގައި ހިމެނެނީ ކުވައިތުގެ 2 ފިރިހެނަކާއި ބަހްރައިނުގެ ފިރިހެނެކެވެ. މިއެންމެން ވެސް ދެން މިނިވަން ވާނީ ޝަރީއަތް ނިމި އަދަބު ލިބުމަށްފަހުގައެވެ.
މިއަދު އޮންލައިން