ޗައިނާ އިން މިޔަންމާގަ ފާލަމަކާ 2 ހޮސްޕިޓަލް އަޅައިދެނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
ޗައިނާ އިން މިޔަންމާގަ ފާލަމަކާ 2 ހޮސްޕިޓަލް އަޅައިދެނީ
ޗައިނާއިން މިޔަންމާގައި ފާލަމަކާއިި 2 ހޮސްޕިޓަލު އަޅައިދިނުމުގެ އެއްބަސްވުމުގައި ސޮއިކުރައްވަން ޢާން ސަން ސޫކީ ޗައިނާއަށް ވަޑައިގެންފިއެވެ.



މިޔަންމާގެ ޚާތިޖީ ވަޒީރުކަމާއި ސަރުކާރުގެ އިސް މަޤާމުތަކެއް ފުރުއްވަމުން ގެންދަވާ ސޫކީ ވިދާޅުވީ މިދަތުރުފުޅުގެ ތެރެއިން އިތުރު ކަންކަމަށްވެސް މަޝްވަރާ ކުރައްވާނެ ކަމަށެވެ. އެއިގެތެރޭގައި މިޔަންމާގެ އިތުރުގައި ޗައިނާއިން ޤާއިމުކޮށްދޭން ފަށާފައިވާ ނަމަވެސް މިހާރު މަސައްކަތް ހުއްޓިފައި ހުރި ހައިޑްރޯ ޕަވަރ ޕްރޮޖެކްޓްގެ މަސައްކަތް އަލުން ފެށުންވެސް ހިމެނޭ ކަމަށެވެ.



ސޫކީ ވިދާޅުވީ މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެ އައު ބާބެއް ފެށިގެންދާނެ ކަމަށެވެ.



ރައީސް ޒީ ޖިންޕިން އާއި މާދަމާ ސޫކީ ބައްދަލުކުރައްވާނެއެވެ. މިއަދު ވަނީ ޕްރީމިއަރ ލީ އާއިވެސް ބައްދަލުކުރައްވައިފައެވެ. ނަމަވެސް މި ބައްދަލުކުރެއްވުމާއިބެހޭ އެއްވެސް ތަފްޞީލެއް އެއްވެސް ފަރާތަކުން ހާމައެއް ނުކުރެއެވެ.
މިއަދު އޮންލައިން