ޔަމަނުގައި ހަނގުރާމަކުރަމުން ގެންދާތީ ހުރި ބިރުވެރިކަމާއިއެކުވެސް 18،404 މީހުން މިއަހަރު އެ ޤައުމުން ހައްޖުވާނެއެވެ.
ޔަމަނުގެ ހައްޖަށް ގެނައުމަށް އެކަމަށް އުފައްދާފައިވާ ޚާއްޞަ ކޮމިޓީއެއްގެ ބެލުމުގެދަށުންނެވެ. ޔަމަނުން ފުރުމާއި ދަތުރުކުރުމާއި އަދި ސައުދީގައި ތިބޭއިރުވެސް ޚާއްޞަ ކޮމިޓީން ޔަމަނު ހައްޖުވެރިންގެ ކަންކަން ބަލަހައްޓާނެއެވެ.
އެމީހުން ހައްޖަށް އައުމަށް ވަނީ ޚާއްޞަ މަގެއް ހަމަޖައްސައިފައެވެ. ބޯޑަރު ހުރަސްކުރުމަށް ވެސް ވަނީ ޚާއްޞަ ސަރަހައްދެއް ހަމަޖައްސައިފައެވެ. ހައްޖުވެރިން ސައުދީއަށް ގެނައުމަށް ހަމަޖެހިފައިވަނީ ފަހަރަކު 2،500 މީހުންނެވެ.
މިހައި ޚާއްޞަ ކަމެއް ޔަމަނުގެ ހައްޖުވެރިންނަށް ދީފައި މިވަނީ އެއިގެތެރޭގައި ހޫތީންގެ އެޖެންޓަކު ނުވަތަ ހަނގުރާމަވެރިންގެ ބައަކު ތިބެދާނެތީ ކަމަށް ބެލެވެއެވެ.