ހިކެން އަންގައި މިޞުރުގެ ޤައުމީ ޓީވީގެ އަންހެން 6 މުވައްޒިފަޖު ގެއަށް ފޮނުވާލައިފިއެވެ.
މިކަމާއި ގުޅިގެން އިންސާނީ ޙައްޤުތަކާއިބެހޭ ޖަމާއަތް ކިޔަވަމުން ގެންދާ ފާޑުތަކަށް ރައްދުދީ ޤައުމޫ ޓީވީން ބުނީ އަމިއްލަ ޓީވީތަކާއި ވާދަކުރަންޖެހޭ ކަމަށާއި އެކަން ކުރެވޭނީ މީހުން ބަލާހިތްވާ ފަދަ މީހުން ޓީވީތަކުން ފެނިގެން ކަމަށެވެ. އެހެންކަމުން އެނައުންސަރުންނާއި ޓީވީ ޕްރޮގްރާމްތައް ހުށަހަޅައިދޭ އަންހެނުންނަކީ އެހެން މީހުން ބަލާހިތްވާފަދަ އަންހެނުންނަށް ވެގެން ކަމަށެވެ.
މިޞުރުގެ އަންހެނުންގެ ޙައްޤުތައް ހޯދައިދޭން މަސައްކަތްކުރާ ޤައުމީ ޖަމާއަތުން ބުނީ މިއީ ޤައުމީ ޓީވީން ކުރި ލަދުގަންނަން ޖެހޭ، ވަރަށް ދަށު ދަރަޖައިގެ ކަމެއް ކަމަށެވެ.
އެ ޖަމިއްޔާއިން ފަލަ ކަމަށް ބުނެ ޤައުމީ ޓީވީން އަންހެން މުވައްޒިފުންތަކެއް ގެއަށް ފޮނުވައިލުމަކީ މިޞުރުގެ ޤާނޫނު އަސާސީ އާއި ޚިލާފަށް ކޮށްފައިވާ ކަމެއް ކަމަށެވެ.
ޓީވީ ޗެނެލެއް ކުރިއަރުންވަން ޕްރެޒެންޓަރުގެ ސޫރައާއި ކުޅަދާނަކަން މުހިންމު ނަމަވެސް އެންމެ މުހިންމީ އެޗެނެލަކުން ފޮނުވާ މައުލޫމާތުގެ މުހިންމުކަން ކަމުގައި ގާހަގަކުރެވެއެވެ. ރައްޔިތުން އަޑުއަހަން ބޭނުންވާ މައުލޫމާތު ފޮނުުވައިދޭނަމަ އަޑުއަހާ މީހުންގެ އަދަދުއިތުރުވެއެވެ.