ސައުދީ ސަރުކާރުގެ އިސް ބައެއް މަޤާމުތަކަށް ހުކުރު ދުވަހު ސަލްމާން ރަސްގެފާނު ބަދަލުތަކެއް ގެންނަވައިފިއެވެ. އެއިގެ ެތެރެއިން އެންމެ ފާހަގަކުރެވޭ އެއްކަމަކީ އެންޓި ކޮރަޕްޝަން ކޮމިޝަން (ނަޒާހާއަށް 2 ނައިބް ރައީސުން އިތުރު ކުރެއްވެވުމެވެ.
ނަޒާހާއަށް އިތުރު ކުރެއްވެވި 2 ނައިބް ރައީސުންނަކީ ބަންދަރު ބިން އަހްމަދު އަބުލްޚައިލް އާއި ޢަބްދުލްމުޙްޞިން ބިން މުޙައްމަދު އަލްމުނައިފް އެވެ.
ނަޒާހާއަށް ސައުދީ ރަސްގެފާނު ވަނީ ވަރަށް ގިނަ ބާރުތަކެއް ދެއްވަވައިފައެވެ. އެގޮތުން ޤާނޫނާއި ޤަވާއިދާއި ޚިލާފަށް ކުރާ ކޮންމެ ކަމެއް ވަގުތުން ހުއްޓުވުމާއި ފިޔަވަޅު އެޅުމުގެ ބާރު ވަނީ ދެއްވައިފައެވެ. އަދި މިނިވަންކަމާއިއެކު ތަޙްޤީޤު ކުރުމުގެ ހުރިހައި ބާރުތަކެއްވެސް ވަނީ ދެއްވަވައިފައެވެ.
ސައުދީގެ އިދާރީ ކަންކަން އިތުރަށް ހަރުދަނާކުރެއްވުމަށް އަޅުއްވަމުންގެންދަވާ ފިޔަވަޅެއްގެ ގޮތުން އިންސްޓްޓިޔުޓް އޮފް ޕަބްލިކް އެޑްމިނިސްޓްރޭޝަނުގެ ޑިރެކްޓަރުކަމުން އަޙްމަދު ބިން ޢަބްދުﷲ ވަކިކުރައްވައި އެ މަޤާމު ވަނީ މުޝަބާބް ބިން ޢަޔިދުއަށް ދެއްވައިފައެވެ.