ކަޝްމީރުގެ އަވަށަކުން އިންޑިއާ ސިފައިން އަތުލައިގަނެ ހައްޔަރުކުރި 30 މީހުންގެ ތެރޭގައި ހިމެނޭ ޒުވާން ޓީޗަރަކު މަރުވެއްޖެއެވެ.
އަހްމަދުގެ ހަށިގަނޑު މިހާރު ވަނީ ޢާއިލާ އާއި ހަވާލުކޮށްފައެވެ. ނަމަވެސް ޢާއިލާއިން ބުނީ ހަށިގަނޑުގެ ޙާލަތާއިބެހޭ ގޮތުން ވާހަކަ ދެއްކުމަށް ބިރުގަންނަ ކަމަށެވެ.
ބައެއް ރިޕޯޓުތައް ބުނާގޮތުން އެއިގެ ތެރެއިން 25 މީހަކަށް ވަނީ ބޮޑެތި އަނިޔާތައް ކޮށްފައެވެ. އެއިގެތެރޭގައި އަހްމަދުގެ ބޭބެ ވެސް ހިމެނެއެވެ.
ފުލުހުން ބުނެފައިވަނީ އަހްމަދު މަރުވި މައްސަލަ ތަހްޤީޤް ކުރާނެ ކަމަށެވެ. އަދި އެމީހުން ހައްޔަރުކުރީ އިންޑިއާ އާއި ދެކޮޅަށް ހަރަކާތްތެރިވާތީ ކަމަށެވެ.