ނަހަލާލަށް އެއްމާބަނޑު ދެބެއިން ވިހެއުމަށްފަހު އެއް ކުއްޖަކު ވިއްކާލަން އުޅުނު މަންމައަކު އަތުލައިގެންފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
ނަހަލާލަށް އެއްމާބަނޑު ދެބެއިން ވިހެއުމަށްފަހު އެއް ކުއްޖަކު ވިއްކާލަން އުޅުނު މަންމައަކު އަތުލައިގެންފި
ނަހަލާލަށް އެއްމާބަނޑު ދެބެއިން ވިހެއުމަށްފަހު އެއް ކުއްޖަކު ވިއްކާލަން އުޅުނު ސްރީ ލަންކާގެ މަންމައަކު ޝާރުޖާ ފުލުހުން އަތުލައިގެންފިއެވެ.

އޭނާ އަތުލައިގަތީ މިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމުން ފުލުހަކު ދަރިފުޅު ގަންނަން ކަމަށް ހެދިގެން ގޮސް 2،500 ދިރުހަމް ދިނުމުން ދަރިފުޅު ދިން ވަގުތު އެވެ.

ކޯޓަށް ހާޒިރުކުރުމުން އޭނާ ބުނީ އެއް ދަރިފުޅު ވިއްކާލަން އުޅުނީ 2 ދަރިން ބެލެހެއްޓޭނެ ގޮތެއް ނެތުމުން ކަމަށެވެ. މާލީ ގޮތުން އެފަދަ ތަނަވަސްކަން ނެތުމުން މަޖުބޫރުވެގެން ކަމަށެވެ. އަދި އެއް ކުއްޖަކީ ބަލި ކުއްޖެއް ކަމަށާއި ބޭސްކުރެވޭނެ ފަދަ އޭނާގެ އަތުގައި ނެތް ކަމަށެވެ.

ދެ ދަރިން ލިބުނީ ކައިވެނިކުރުމަކާއި ނުލައި ކަމަށް ވެސް އޭނާ ވަނީ އިއުތިރާފްވެފައެވެ.

ރިޕޯޓްތައް ބުނާގޮތުން މަންމަ މިހާރު ވަނީ އަނބުރައި ޤައުމަށް ފޮނުވާލައިފައެވެ. އިންސާނީ ވަގުފާރި ކުރި ކަމުގެ ސާބިތުކޮށް އެނބުރި ޔޫއޭއީއަށް ނުދެވޭ ގޮތަށެވެ.
މިއަދު އޮންލައިން