ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް: ޗައިނާގެ އިސްނެގުމެއް- މުޅި ދުނިޔެއަށް ފައިދާކުރޭ: ސަފީރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް: ޗައިނާގެ އިސްނެގުމެއް- މުޅި ދުނިޔެއަށް ފައިދާކުރޭ: ސަފީރު
ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް އަކީ ޗައިނާގެ އިސްނެގުމެއް ކަމަށާއި އެކަމުން މުޅި ދުނިޔެއަށް ފައިދާކުރާ ކަމަށް ޑެންމާކުގައި ހުންނަވާ ޗައިނާ ސަފީރު ވިިދާޅުވެއްޖެއެވެ.

ސަފީރު ލިޔޫ ހުކުރު ދުވަހު ވިދާޅުވީ ޔޫރަޕަށް ބެލި ނަމަވެސް ގިނަ ޤައުމުތަކަކަށް އެ މަޝްރޫއުގެ ސަބަބުން ފައިދާކުރަމުން މިހާރުވެސް އަންނަ ކަމަށެވެ. އަދި އެއީ އެ ޤައުމުތަކުގެ އިޤްޠިޞާދަށް ވަރަށް ގިނަ ފައިދާތައް ކުރަމުން އަންނަ ކަމެއް ކަމަށެވެ.

ލިޔޫ ވިދާޅުވީ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް އިން މުޅި ދުނިޔެއަށް ވެސް ފައިދާ ކުރަމުން އަންނައިރު އެއީ މިހާރު ޗައިނާގެ ކަމެއް ކަމަށް ބުނުމަށްވުރެ ރަނގަޅުވާނީ ދުނިޔޭގެ ކަމެއް ކަމަށް ބުނުން ކަމަށެވެ.

ކޮންމެ ކަމެއް ކުރަންވެސް އިސްނަގާނީ ކޮންމެވެސް އެއް ބައެއް ކަމަށާއި އެކަމަކުން ދުނިޔެއަށް ފައިދާ ކުރާނަމަ ރަނގަޅުވާނީ އެކަމަކީ ދުނިޔޭގެ ކަމެއް ކަމަށް ބުނެ އެކަން ތަރައްޤީ ކުރުމުގެ ޒިންމާ ހުރިހާ ޤައުމަކުން އުފުލުން ކަމަށެވެ.

ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް ފަށައިގަތީ ޗައިނާގެ ރައީސް ޒީ ޖިންޕިންގެ އިސްނެންގަވުމަށެވެ. ނަމަވެސް އެ ކަމުގެ ފައިދާ ގިނަ ޤައުމުތަކަކަށް މިހާރު ކުރެއެވެ. އެހެންކަމުން ގިނަ ބައެއްގެ ޝައުޤުވެރިކަން އެ މަޝްރޫއަށް މިހާރުވެސް ވަނީ ލިބިފައެވެ.
މިއަދު އޮންލައިން