ކަޝްމީރުގެ މައްސަލައަށް ސިޔާސީ ޙައްލެއް ހޯދަން ބާރު އެޅުމަށް އޯއައިސީ އިން ގޮވާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ކަޝްމީރުގެ މައްސަލައަށް ސިޔާސީ ޙައްލެއް ހޯދަން ބާރު އެޅުމަށް އޯއައިސީ އިން ގޮވާލައިފި
ކަޝްމީރުގެ މައްސަލައަށް ސިޔާސީ ޙައްލެއް ހޯދަން ޤައުމުތަކުން ބާރު އެޅުމަށް އޯއައިސީ އިން ގޮވާލައިފިއެވެ.

އޯއައިސީގެ ސެކެޓްރީ ޖެނެރަލް އިޢާދު މަދާނީ ވިދާޅުވީ ކަޝްމީރުގެ އިންޑިއާ ފަޅީގައި ހިންގަމުން ގެންދާ އަނިޔާވެރި އަމަލުތަކަކީ އިންޑިއާގެ ދާޚިލީ މައްސަލައެއް ކަމަށް ބަލައިގެން ދުނިޔެއަށް އޮވެވެން މިހާރު ނެތް ކަމަށެވެ.

މަދާނީ ވިދާޅުވީ ދުނިޔޭގެ ކަންކޮޅުތަކުގައި މުސްލިބުންނަށް ކުރަމުން އަންނަ އަނިޔާތައް ހުއްޓުވަން އެންމެންވެސް މަސައްކަތްކުރަންޖެހޭ ކަމަށެވެ. އަދި އެކަމަށް ދުނިޔޭގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ.

މަދާނީ ވިދާޅުވީ ކަޝްމީރުގެ މައްސަލަ ޙޫނުވަމުން ގޮސް ގޯހުން ގޯހަށް ނުދަނީސް އދ އިން އެކަމަށް ހައްލެއް ހޯދަން މަސައްކަތްކުރަންޖެހޭ ކަމަށެވެ. އަދި ކަޝްމީރުގެ މައްސަލަ ހައްލުކުރެވި ހަމަޖެހުން ޤާއިމުކުރެވޭނީ ކަޝްމީރުގެ ރައްޔިތުން ބޭނުންވާ ގޮތަށް މައްސަލަ ހައްލުކުރެވިގެން ކަމަށެވެ.

އެހެންކަމުން މިކަމަށް ހައްލު ހޯދަން ވީހައި އަވަހަކަށް މަޝްވަރާތައް ފެށުމަށް ވެސް މަދަނީ ވަނީ ގޮވައިލައްވައިފައެވެ.
މިއަދު އޮންލައިން